ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 11:41
އިރްފާން ހާން
އިރްފާން ހާން
އިންޑިއަން އެކްސްޕްރެސް
އިރްފާން ހާން
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ހާން މަރުވެއްޖެ
އިރްފާންގެ އުމުރަކީ 54 އަހަރު
އޭނާ މަރުވެފައިވަނީ ކެންސަރަށް ފަރުވާހޯދަމުން ދަނިކޮށް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ހާން މަރުވެއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އިރްފާން މަރުވެފައިވަނީ މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައި ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އުމުރުން 53 އަހަރުގެ އިރްފާނު މަރުވީ ހޮސްޕިޓަލުގެ އައީސީޔޫގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.

އޭނާ ވަނީ މީގެ ކުރިން ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދާފައެވެ. އިރްފާން މަރުވިކަން ހާމަކޮށްފައިވަނީ އޭނާގެ ތަރުޖަމާނެވެ. އިރްފާން މަރުވުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ދަނި އެކަމާއި ހިތާމާ ފާޅުކުރަމުންނެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް ކުޅެފައިވާ އިރްފާން ޙާން ފިލްމީ ދާއިރާ އަށް ނިކުމެފައިވަނީ 1988 ސަލާމް ބޮމްބޭ ފިލްމުންނެވެ. ފިލްމީ ހަޔާތުގައި އިރްފާން ވަނީ ގިނަ ކާމިޔާބުތަކެއް ހޯދައި ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. އޭނާ ވަނީ، ގިނަ އަދަދެއްގެ އެވޯޑް ހޯދާފައެވެ. އޭގެ ތެރޭގައި ނެޝަނަލް ފިލްމު ފެއަރ އެވޯޑް އަދި ފިލްމު ފެއަރ އެވޯޑްގެ އިތުރުން ޕަދްމަޝްރީ އެވޯޑް ހޯދާފަ އެވެ.

އިރްފާންގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޕާން ސިންގް ޓޯމާރް، ލަންޗް ބޮކްސް، ހައިދަރް، ގުންޑޭ، ޕިކޫ އަދި ތަލްވާރްގެ އިތުރުން ހިންދީ މީޑިއަމް އެވެ. އިމްރާން ހާން ހަރަކާތްތެރިވެފައިވާ ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި، ދަ އެމޭޒިން ސްޕައިޑަރ މޭން، ލައިފް އޮފް ޕައި އަދި އިންފާނޯ ހިމެނެ އެވެ. ރާޖަސްތާނުގެ މުސްލިމް އާއިލާއަކަށް އުފަން އިރުފާން މަރުވިއިރު އޭނާގެ ދެ ދަރިން އެބަތިއްބެވެ.

- ކޮމެންޓް