ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 09:00
ސައުދީގައި މީހަކު ކޮވިޑް-19އަށް ސްކްރީން ކުރަނީ
ސައުދީގައި މީހަކު ކޮވިޑް-19އަށް ސްކްރީން ކުރަނީ
ސައުދީގެޒެޓް
ސައުދީގެ ޙާލަތު
ސައުދީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 20،000ށް ވުރެ މައްޗަށް
ސައުދީން އިއްޔެ އެކަނިވެސް 1،266 މީހުން ވައިރަސްއަށް ޕޮޒިޓިވްވި
އިއްޔެއާ ހަމަޔަށް ސައުދީން 20,077 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވޭ
17،141 މީހަކަށް ފަރުވާދެމުންދާއިރު، އޭގެތެރެއިން 118 މީހުންގެ ޙާލަތު ވަރަށް ގޯސް

ސައުދީ ޢަރަބިއްޔާއިން ކޮވިޑް-19 ޖެހުނު މީހުން ޢަދަދު 20،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި އަންގާރަ ދުވަހާ ހަމައަށް އެ ޤައުމުގައި 20,077 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. އަންގާރަ ދުވަހު އެކަނިވެސް އެޤައުމުން 1،266 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 8 މީހަކު ފަރުވާދެމުންދަނިކޮށް ޙާލު ގޯސްވެ މަރުވެފައިވާކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ. އަދި ފަރުވާ ދީގެން 2,784 މީހަކު ރަނގަޅުކުރެވިފައިވާއިރު، 152 މީހުންވަނީ ވައިރަސްގައި މަރުވެފަ އެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނާގޮތުގައި، ސައުދީޢަރަބިއްޔާގައި އިއްޔެ ކޮވިޑް-19 ޖެހުނުމީހުންގެ ތެރެއިން %23 މީހުންނަނީ އެޤައުމުގެ މީހުންނެވެ. އަނެއް %77 މީހުންނަކީ އެޤައުމުގައި ދިރިއުޅޭ ބިދޭސީންނެވެ. ސައުދީގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުަޖަމާނު ޑރ. މުޙައްމަދު އަލް އަބްދުލް އަލީ ވިދާޅުވެފައިވަނީ އެޤައުމުގައި މިހާރުވެސް 17،141 މީހަކަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރެއިން 118 މީހުންގެ ޙާލަތު ވަރަށް ގޯސްކަމަށެވެ.

އަންގާރަ ދުވަހު ފެނުނު ކޭސްތަކުގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މައްކާއިންނެވެ. މައި ސިޓީތައްކައް ބަލާލާއިރު، މައްކާއިން 327 ކޭސް، މަދީނާއިން 2713 ކޭސް، ޖިއްދާއިން 262 ކޭސް، އަދި ވެރިރަށް ރިޔާދުން 171 ކޭސް ރިޕޯޓުކުރެވިފައި ވެއެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ފަހަކަށް އައިސް ގިނަ ޢަދަދެއްގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓުކުރެވޭ ނިޞްބަތް އިތުރުވެފައިވަނީ، އެޤައުމުން މީގެ ދަހަފުތާކުރިން ފެށި "ފީލްޑް ޓެސްޓިންގ" ޕްރޮގުރާމުގެ ދަށުން އެއްފަހަރާ ގިނަބަޔަކު ވައިރަސްއަށް ޓެސްޓުކުރަމުންދާތީ އެވެ.

ފީލްޑް ޓެސްޓިންގ ޕްރޮގުރާމުގެ ދަށުން ހޯމަ ދުވަހާއި ހަމައަށް އެއް މިލިއަނާ ގާތްކުރާ ޢަދަދަކަށް މީހުން ކޮވިޑް-19 އަށް ސްކްރީން ކުރެވިފައިވާކަމަށް އެޤައުމުގެ ޞިއްޙަތާބެހެ ވުޒާރާއިން ބުނެ އެވެ.

- ކޮމެންޓް