ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 05:32
ޖެޓްބްލޫ އެއާލައިންގެ ފްލައިޓެއް
ޖެޓްބްލޫ އެއާލައިންގެ ފްލައިޓެއް
ޝަޓާ ސްޓޮކް
ކޮވިޑް-19 އަށް ފަހު "އާ ނޯމަލް"
ކޮވިޑް-19 ގެ ސަބަބުން އާ "ނޯމަލް"އެއް: ފްލައިޓްތަކުގައި ދަތުރު ކުރާއިރު މާސްކް އެޅުމަށް ބައެއް އެއާލައިންތަކުން ލާޒިމްކުރަނީ
 
ކްރޫ ނުވަތަ ފަސިންޖަރުން މާސްކް އެޅުމަށް ލާޒިމް ކުރާ ބައެއް އެއާލައިންތަކުގެ ތެރޭގައި އެއާ ކެނެޑާ، ޔުނައިޓެޑް އެއާލައިންސް އަދި ކޮރެއަން އެއާ ހިމެނޭ
 
މިހާރު ވެސް މެލޭޝިއަން އެއާލައިންސް އިން ދަތުރު ކުރާ ފަރާތްތައް މާސްކް އަޅަން ޖެހޭ
 
ޖެޓްބްލޫގެ ފަސިންޖަރުން މޭ 4ން ފަށައިގެން މާސްކް އަޅަންޖެހޭ

ފްލައިޓްތަކުން ދަތުރުކުރާ އިރު ފަސިންޖަރުން މާސްކް އެޅުމަށް ލާޒިމް ކުރަން ފަށައިފިއެވެ.

އެގޮތުން، މޭ މަހުގެ ހަތަރަކުން ފަށައިގެން އެމެރިކާގެ ޖެޓްބްލޫ އިން ދަތުރު ކުރާ ފަރާތްތަކުން މާސްކް އަޅަން ޖެހޭނެކަމަށް އެ އެއާލައިން އިން ވަނީ އިއުލާންކޮށްފައެވެ. އަދި އެއާޕޯޓްގައި ޗެކް-އިން ވާއިރާއި ބޯޑް ކުރާއިރުވެސް ފަސިންޖަރުން މާސްކް އަޅަން ޖެހޭނަކަމަށް ޖެޓްބްލޫއިން ބުނެފައިވެއެވެ.

ޖެޓްބްލޫގެ ރައީސް ޖޮއާނާ ގެރަޓީ ބުނީ މާސްކް އަޅަން ޖެހެނީ ހަމައެކަނި އެ މީހެއްގެ ރައްކާތެރިކަމަށް ކުރާކަމަކަށް ނޫންކަމަށާއި، އެއީ އެހެން މީހުންގެ ރައްކާތެރިކަމަށް ވެސް އެޅޭ ފިޔަވަޅެއްކަމަށެވެ.

ދަތުރު ކުރާއިރު މާސްކް އެޅުމަށް ހަނދާންކޮށްދީ އީ-މެއިލް އެއް ފޮނުވާނެކަމަށް ޖެޓްބްލޫއިން ބުންޏެވެ. އަދި މިކަމުން ހަމަ އެކަނި އިސްތިސްނާ ވަނީ މާސްކް އަޅައިގެން ނޫޅެވޭ ވަރުގެ ކުޑަކުދިންކަމަށް ވެސް އެއާލައިނުން ބުނެފައިވެއެވެ.

މާޗް މަހުގެ ފަހު ކޮޅުން ފަށައިގެން ޖެޓްބްލޫ އެއާލައިންގެ ފްލައިޓްތަކުގެ ސީޓްތައް މަދުކޮށްފައިވާއިރު، މިހާރުވެސް ކްރޫއިން މާސްކް އަޅަން ޖެހެއެވެ.

ޖެޓްބްލޫގެ އިތުރުން، އެމެރިކަން އެއާލައިނުންވަނީ މޭ މަހުގެ އެއްވަނަ ދުވަހުން ފަށައިގެން ފްލައިޓް ކްރޫއިން މާސްކް އަޅަން ޖެހޭނެކަން އިއުލާންކޮށްފައެވެ. އަދި ފްލައިޓްގައި ދަތުރު ކުރާ ފަސިންޖަރުންނަށްވެސް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އާއި ސެނިޓައިޒަރ ދޭނެކަމަށް އެއާލައިނުން ބުނެފައިވެއެވެ.

މީގެ އިތުރުން، ހުކުރު ދުވަހުން ފަށައިގެން ޔުނައިޓެޑް އެއާލައިންގެ ފްލައިޓްތަކުގެ ކްރޫއިންނަށް މާސްކް އެޅުމަށް ވަނީ ލާޒިމްކޮށްފައެވެ.

ފްލައިޓްތަކުގައި ދަތުރު ކުރާއިރު ކްރޫ ނުވަތަ ފަސިންޖަރުން މާސްކް އެޅުމަށް ލާޒިމް ކުރާ ބައެއް އެއާލައިންތަކުގެ ތެރޭގައި އެއާ ކެނެޑާ، މެލޭޝިއަން އެއާލައިންސް، ކޮރެއަން އެއާ އަދި ޑެލްޓާ އެއާލައިންސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
75%
0%
0%
0%
0%
ކޮމެންޓް