ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 05:19
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް
ރޮއިޓަރސް
ކޮވިޑް-19 ސްޕެއިންގެ ހާލަތު
ޖޫންމަހުގެ ފަހުކޮޅު އާންމު ހާލަތަށް އައުމަށް ސްޕެއިންއިން ޕްލޭންތަކެއް އެކުލަވާލައިފި
 
ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ 14 ވަނަ ދުވަހު
 
ފިޔަވަޅުތަކަށް ލުއިދުނުމަށް ފައްޓާނީ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން

ދުނިޔޭގައި މިވަގުތު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހެމުންދާ ސްޕެއިން އިން ޖޫން މަހުގެ ފަހުކޮޅު އާންމު ހާލަތަށް އައުމަށް ޕްލޭންތަކެއް އެކުލަވާލައިފި އެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އަންގާރަ ދުވަހު ހަތަރު މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ޕްލޭނެ ހާމަކުރައްވާފަ އެވެ. ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދުނުމަށް ފައްޓާނީ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންނަމަވެސް މިފިޔަވަޅުތަކަށް ލުއި ދިނުމުގައި އެކި ހިސާބުތައް ތަފާތުވާނެ ކަމަށް ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެސަރަހައްދެއްގައި ވައިރަސް ފެތުރޭ މިންވަރާއި އައިސީޔޫގައި ޖާގަ ހުރި މިންވަރަށް ފިޔަވަޅުތައް ލުއިކުރާއިރު ބަލާނެކަމަށް ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ. އަދި އިޖުތިމާޢީ ގައިދުރުކަން އެ ސަރަހައްދެއްގައި ތަންފީޒު ކުރަމުންދާ މިންވަރަށްވެސް ބައްލަވާނެކަމަށް ސަންޗޭޒް ވަނީ ވިދާޅުވެފަ އެވެ.

ސްޕެއިންގައި މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދެ ލައްކަ އަށްވުރެ މައްޗަށް އަރައެވެ. އަދި މަރުވި މީހުންގެ އަދަދު ތޭވީސްހާހަށްވުރެ މައްޗަށް އަރައެވެ.

ސްޕެއިންގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެގައުމު ލޮކްޑައުން ކޮށްފައިވަނީ މަރޗް މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ލޮކްޑައުން ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް