ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 05:20
އިޓަލީ
އިޓަލީ
ރޮއިޓަރސް
ކޮވިޑް-19 އިޓަލީގެ ހާލަތު
އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް
 
އިޓަލީން މިހާތަނަށް 27،359 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައި
 
މިވަގުތު އިޓަލީގައި ބަލިޖެހިގެން ރިޕޯޓްކުރަމުންދާ އަދަދަކީ 105،205 މީހުން
 
އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 382 މީހުން

ދުނިޔޭގައި ހަލުވިމިނުގައި ފެތުރެމުންދާ ކޮވިޑް-19 ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ޖެހެމުންދާ އިޓަލީގައި މިވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.

އިޓަލީގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް އަންގާރަ ދުވަހު އެރިއިރު އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު މަތިވެފަ އެވެ. އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 382 މީހުންނެވެ. މިއީ ހޮނިހިރު ދުވަހުގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާ ދުވަސްވެސްމެ އެވެ. ހޯމަ ދުވަހު މަރުވެފައިވަނީ 333 މީހުންނެވެ.

މީގެއިތުރުން ވައިރަސް ޖެހުނު މީހުންގެ އަދަދުވެސް ވަނީ އަންގާރަ ދުވަހު އޭގެ ކުރީ ދުވަހަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން އަންގާރަ ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 2091 މީހުންނަށެވެ. އެހެންނަމަވެސް ހޯމަ ދުވަހު އަލަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 1739 މީހުންނަށެވެ.

އިޓަލީން މިހާތަނަށް 27،359 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެންމެ ގިނަ އަދަދަކަށް ވައިރަސް ޖެހި އަދި މަރުވަމުންދާ އެމެރިކާ ނެގުމަށްފަހު ދެން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދަނީ އިޓަލީގަ އެވެ.

އިޓަލީގައި މިހާތަނަށް 201,505 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކުރަމުންދަނީ 105،205 މީހުންނެވެ. އަންގާރަ ދުވަހު އައިސީޔޫތަކުގައި ފަރުވާދެމުން އައިސްފައިވަނީ 1863 މީހުންނަށެވެ. އޭގެކުރީ ދުވަހު 1956 މީހަކަށް އެގައުމުގެ އައިސީޔޫތަކުގައި ދިޔައީ ފަރުވާދެމުންނެވެ. އަންގާރަ ދުވަހާ ހަމައަށް އައިއިރު 68،941 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިޓަލީގެ 1.275 މިލިއަން މީހުން ވަނީ މިހާތަނަށް އައިއިރު މިވައިރަސް އަށް ޓެސްޓްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް