އިރާޤުގެ ޖަސޫސީ އިދާރާއަށް އައިސިސްއިން ޙަމަލާއެއް ދީފިއެވެ.
އިރާޤުގެ ސަލާމަތީ ބާރުތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އައިސިސްއިން އަންގާރަ ދުވަހު މިޙަމަލާ ދީފައިވަނީ އިރާޤުގެ އުތުރު ކިރްކުކް ސިޓީގައި ހުންނަ އެޤައުމުގެ "އިންޓެލިޖެންސް އެންޑް ކައުންޓަރ ޓެރަރިޒަމް ޑިރެކްޓޮރޭޓް" އަށެވެ.
ޙަމަލާދީފައިވަނީ، ހަނގުރާމަވެރިއަކު ހަށިގަނޑުގައި ގޮވާޒާތުގެ ތަކެތި ހަރުކޮށްގެންކަމަށާއި، މިޙަމަލާގައި އެއިދާރާގައި ފޯރިމަރަމުން ދިޔަ ސަލާމަތީ ބާރުގެ 3 މީހުން ޒަޚަމްވިކަމަށް އިރާޤުގެ ސަލާމަތީ އޮފިޝަލުން ބުނެއެވެ. ޙަމަލާދިން މީހާ ފުރަތަމަ އަތުބޮމެއް އިމާރާތައި ދިމާލަށް އެއްލާލުމަށްފަހު އެތަނަށް ވަންނަން މަސައްކަތްކުރި ކަމަށްވެސް ސަލާމަތީ ބާރުތަކުން ބުނެއެވެ. ޙަމަލާއަށް ފަހު، އިރާޤުގެ ސަލާމަތީ ބާރުަތަކުން ވަނީ ގޮވާތަކެތި އަޅައިގެން ތިބި އިތުރުު ދެމީހަކު އެޞަރަޙައްދުތަކުން އަތުލައިގަނެފައެވެ.
މިއީ، އައިސިސްއިން ދިން ޙަމަލާއެއްކަމަށް އިރާޤުން ބުނި ނަމަވެސް އައިސިސްއިން މިހާތަނަށް އައިއިރު ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. އިރާޤުގައި އަތްގަދަކޮށްގެން ތިބި އައިސިސް ހަނގުރާމަވެރިން ބަލިކޮށް 2017 ވަނަ އިރާޤުން ބޭލިނަމަވެސް، އަދިވެސް ސިއްރިއްޔާތުގައި އިރާޤުގައި ޖަގަހަ ހަދައިގެން އައިސިސްއިން ޙަރަކާތްތެރިވަމުން ދެެއެވެ. އެމީހުން ދޭތެރެ ދޭތެރެއިން މިފަދަ ޙަމަލާތައް ދެމުންދާއިރު، އަބަދުވެސް ޙަމަލާތަކުގެ ޢަމާޒަކަށްވެފައި އޮންނަނީ އިރާޤުގެ ސަލާމަތީ ބާރުތަކެވެ.