ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 20:04
ޑަބްލިއުއެޗްއޯގެ ޝިޕްމެންޓް ކާގޯ ފްލައިޓަކަށް ބަަރުކުރަނީ
ޑަބްލިއުއެޗްއޯގެ ޝިޕްމެންޓް ކާގޯ ފްލައިޓަކަށް ބަަރުކުރަނީ
އަލް-އަހެދް ނިއުސް
ޑަބްލިއުއެޗްއޯއިން އާލާތްތައް ފޯރުކޮށްދިނުން
ޞިއްޙީ އާލާތްތައް ފޯރުކޮށްދިނުމަށް ފްލައިޓުތަކުން ޖާގަ އިތުުރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި
 
ޑަބްލިއުއެޗްއޯއިން ވަނީ 9 މިލިއަން ކޮވިޑް-19 ޓެސްޓް ކިޓްތައް ޤައުމުތަކަށް ފޮނުވާފައި
 
ފްލައިޓްތަކުން ޖާގަ ނުލިބޭނަމަ، ވެކްސިންއަށް ޖެހޭނެ
 
އީރާނަށް ފޮނުވަން ބޭނުންވާ ކޮވިޑް-19 ޝިޕްމެންޓް ފްލައިޓުން ޖާގަ ނުލިބިގެން އަދިވެސް ހުރީ ދުބާއީގައި

ޤައުމުތަކައް ފޮނުވަން ބޭނުންވާ ޞިއްޙީ އާލާތްތައް އުފުލުމަށް ފްލައިޓުތަކުންދޭ ޖާގަ އިތުރުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ)އިން ގޮވާލައިފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ، ކޮވިޑް-19 ތަހުލީލުކުރުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓްތަކާއި، އެއިން ރައްކާތެރިވުމަށް ބޭނުންވާ ފަންނީ އާލާތްތައް ޤައުމުތަކައް ފޮނުވަން ފްލައިޓްތަކުން އިތުރު ޖާގަ ބޭނުންވާކަމަށެވެ.

ޑަބްލިއުއެޗްއޯގެ އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސްގެ އިސްވެރިޔާ ޕޯލް މޮލިނާރޯ ވިދާޅުވީ، ޤައުމުތައް ފުރަބަންދުކޮށް، ބައިނަލްއަޤުވާމީ އުދުހުންތައް ހުއްޓާލުމުން އެޕްރީލް މަހުގެ ތެރޭގައި ވެކްސިން ޝިޕްމެންޓްތައް ފޮނުވަން ވަރަށް އުދަނގޫވިކަމަށެވެ. އަދި މިގޮތައް ދިގުދެމިގެންދާނަމަ، މި ޤަވާއިދުން ދޭންޖެހޭ ވެކްސިންތަކައް ޖެހި، އެހެން ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުންދޭ ކެމްޕޭންތަކައް ހުރަސް އެޅިގެންދާނެކަމަށެވެ. ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 އައުމުގެ ކުރިން ޤަވާއިދުން އެކި ޤައުމުތަކައް ބޭނުންވާ އެކި ބާވަތުގެ ވެކްސިން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކުޑަކުދިން ޖަހަން ލާޒިމުކުރާ ވެކްސިންތަކާއި، އެކި ބަލިތަކުން ދިފާޢުވުމަށް ބޭނުންކުރާ ވެކްސިން ހިމެނެއެވެ.

އަހަރުމެން ޤައުމުތަކައް ތަކެތި ފޮނުވުމުގައި ބަރޯސާވެ އޮތީ ފްލައިޓުތަކުގެ ކާގޯއަށް. ނަމަވެސް މިހާރު މިފެންނަނީ އެނިޒާމު ބަންދުވެގެންދާތަން. މިކަމަށް ޙައްލެއް ހޯދަންވީ ވަގުތު އައިސް ޖެހިއްޖެ. އދ ގެ ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމުންވެސް އެބަބުނޭ ކާބޯތަކެތި ފޮނުވުގައި ދަތިތަކެއް ހުރި ވާހަކަ. ތަކެތި ފޮނުވަން ބޭނުންވާވަރަށް ނުފޮނުވިއްޖެނަމަ ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހިދާނެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ތަކެތި ސަޕްލައިކުރަން ފްލައިޓް ހަމަޖައްސައިދިންކަމަށާއި، ޗައިނާއަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނީ ދުބާއީ މަގުންކަމަށް ޕޯލް ވިދާޅުވިއެވެ. ޕޯލް ވިދާޅުވީ، ކޮވިޑް-19 ޓެސްޓްކުރުމަށް ބޭނުންވާ ޓެސްޓް ކިޓްތަކާއި، ޞިއްޙީ ބައެއް އާލާތްތައް މަރޗް މަހުގެ ދެވަނަ ދުވަހު ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ގެންގޮސްފައިވާކަމަށެވެ. މިއީ، އީރާނަށް ހަދިޔާކުރަން ގެންދިޔަ ތަކެތި ކަމަށާއި، ނުފޮނުވި ލަސްވަނީ ވައިގެ އުދުހުންތައް ބަންދުވެ، ކަގޯގެ ގޮތުގައި ފޮނުވަން ބަލާއިރު އެކަށީގެންވާ ޖާގަނެތުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ދުބާއީގެ އެހީތެރިކަމާއެކު މިތަކެތި ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ޕޯލް ވިދާޅުވިއެވެ.

ކޮމަރޝަލް ފްލައިޓްތަކުން މިހާރުވެސް ފަހިކޮށްދޭ ފުރުޞަތުތައް އަހަރުމެން ބަލައިގަންނަން. އަދިވެސް އިތުރު ފުރުޞަތުތައް އަގުހެޔޮޮކޮށް ލިބޭނެ އިންތިޒާމު ހަަމަޖައްސައިދިނުމަކީ ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެދުމެއް. ވަކިން ޚާއްޞަކޮށް މި ދަނޑިވަޅުގައި ވީހާވެސް ބޮޑުޖާގައެއް ދިނުމަށް އެއަރލައިންތަކައް ގޮވާލަން

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ މައި އެއަރލައިން ތަކުން މަދަނީ އަދި ބައިނަލްއަޤުވާމީ އުދުހުންތައް މެދުކަނޑާލުމަަށްފަހު، ފްލައިޓުތައް ކުރަމުންދަނީ ވަރަށް ޒަރޫރީ ޙާލަތްތަކުގައެވެ. ބައެއް އެއަރލައިންތަކުން ކާގޯ ފްލައިޓުތައް ކުރަމުންދާއިރު، އަގު ވަނީ އަތްނުފޯރާ ވަރަށް ބޮޑުކޮށްފައެވެ. މިކަމާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ވަނީ ޤައުމުތަކަށް ފޮނުވަން ވަޢުދުވެފައިވާ ވެކްސިންއާއި، ކޮވިޑް-19 ޓެސްޓް ކިޓްތަކާއި، ބައެއް ޞިއްހީ އާލާތްތަތައް ފޮނުވުމަށް ނުކުޅެދިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 1.1 މިލިއަން ކޮވިޑް-19 ޑައިގްނޯސްޓިކް ކިޓް ހަދިޔާކުރަން ބޭނުންވި ނަމަވެސް މިހާތަނަށް ފޮނުވިފައިވަނީ 9 މިލިއަން ކިޓެވެ. އަދި އިތުރު 1.5 މިލިއަން ޓެސްޓް ކިޓް ޤައުމުތަކަަށް ފޮނުވަން ޑަބްލިއުއެޗްއޯއިން ބޭނުންވެއެވެ.

މުޅި ދުނިޔެއިން 3.03 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި 210،263 މީހުން ވަނީ މަރުވެފައެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޖުތަމަޢުތަކަަށާއި، ޤައުމުތަކަށް މީގެ ނޭދެވޭ އަސަރުކުރަމުންދާއިރު، އެންމެ ވޭންދެނިވި ދުވަސްތަކެއް ތަޙައްމަލުކުރަމުންދަނީ މުސްލިމުންނެވެ. މިއީ އިސްލާމީ ހަޟާރަތް ފެށުނު ފަހުން މުސްލިމް އުއްމަތައް ކުރިމަތިވި އެންމެ ދަތި އުނދަގޫ ރަމަޟާންމަހުގެ ގޮތުގައި މުސްލިމް ޢަރަބި ޤައުމުތަކުގެ ވެރިންނާއިި، ދީނި އިލްމުވެރިންނާއި، މުފްތީން ދަނީ ސިފަކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް