Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 16:30
ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން:ޑަބްލިއުއެޗްއޯ
ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން:ޑަބްލިއުއެޗްއޯ
ރާއްޖެއެމްވީ
ޑިޕްެރެޝަން
ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"
ސިއްހަތު ދުވަހަކީ 7 އެޕްރީލް
ސިއްހަތު ދުވަހުގެ ޝިއާރަކީ "ޑިޕްރެޝަން:ވާހަކަ ދައްކަމާ"

ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދުނިޔޭގެ 300 މިލިއަން މީހުން ދިރިއުޅެމުންދަނީ ޑިޕްރެޝަންއާއެކީގައި ކަމަށާއި މިއީ 2005 އާ އަޅާބަލާއިރު، 2015 ގެ ނިޔަލަށް 18 ޕަސެންޓް މަތިވުމެއްކަމަށެވެ. އެފަދަ މީހުންނަށް މުޖުތަމައުގެ ސަޕޯޓް ބޭނުންވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިއަހަރުގެ ސިއްހަތު ދުވަހަށް ޝިއާރު ކަނޑައަޅާފައި ވަނީވެސް ޑިޕްރެޝަނަށެވެ. އެޕްރީލް މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ސިއްހަތު ދުވަހުގެ ޝިއާރަކީ "ޑިޕްރެޝަން:ވާހަކަ ދައްކަމާ" އެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓް މެނޭޖަރ ޑރ.މާގަރޭޓް ޗަން ވިދާޅުވީ މިކަމަކީ ހުރިހާ ގައުމު ތަކުންވެސް ވިސްނާލުން މުހިއްމު ކަމެއް ކަމަށާއި މިއީ ފަރުވާކުރަން ޖެހޭ ކަމެއްކަމަށެވެ.  ޑަބްލިއުއެޗްއޯގެ މެންޓަލް ހެލްތު އެންޑް ސަބްސްޓެންތް އެބިއުޒްގެ ޑިރެކްޓަރ ޑރ. ޝޭހަރު ސަޒޭނާ ވިދާޅުވީ ޑިޕްރެޝަންގެ ހާލަތު ދެނެގަތުމަށް އަދި އޭގެ ފަރުވާ ހޯދުމަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ.

ޑިޕްރެޝަން ހުންނަ މީހަކަށް އޭނާއަށް އިތުބާރު ކުރެވޭ މީހެއްގެ ގާތުގައި އެ ވާހަކަ ދެއްކުމަކީ ޑިޕްރެޝަން ރަނގަޅުވުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ގިނަ ގައުމުތަކުގައި ނަފްސާނީ ބައްޔަށް ކުރާ ޚަރަދު ވަރަށް ކުޑަކަމަށާއި ތަރައްގީ ވެފައިވާ ގައުމުތަކުގައި 50 ޕަސެންޓަށްވުރެ ގިނަމީހުންނަށް ޑިޕްރެޝަނާ ކުރިމަތިލާންޖެހޭއިރު އެކަމަށް ފަރުވާ ނުކުރާކަމަށެ ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އެވްރެޖްކޮށް ގައުމުތަކުގެ ބަޖެޓުން ނަފްސާނީ ބައްޔަށް ހަރަދުކުރަނީ ތިން ޕަސެންޓްކަމަށް ވާއިރު ތަރައްގީވެފައިވާ ގައުމުތަކުން ޚަރަދު ކުރަނީ ފަސް ޕަސެންޓް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި ފަގީރު ގައުމުތަކުން އެއްޕަސެޓްކަމަށެވެ. މިއީ ޑިޕްރެޝަނަށް ޚަރަދުކުރަންޖެހޭ އެކަށީގެންވާ އަދަދަށްވުރެ މަދު އަދަދެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.  

މިއީ ގައުމުތަކުގެ އިގްތިސާދީ ކަންތައްތައް ދަށަށް ހިނގައިދާނެ ކަމެއްކަމަށާއި ޑިޕްރެޝަނާއި ދުރުވެވޭނީ ވާހަކަ ދައްކައިގެން ނޫނީ ޑިޕްރެޝަނަށް ބޭސް ކޮށްގެން އަދި ދެކަންތައް އެއްފަހަރާ ބޭނުން ކުރުމުންކަމަށެވެ. 

މީގެ އިތުރުން ޑިޕްރެޝަނަކީ ދަންޖެހުމަށް ދިމާވާ އެންމެ ބޮޑު ގެއްލުންކަމަށާއި ދުނިޔޭގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ކޮންމެ އަހަރަކު ދާކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް