ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 11:16
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދެނީ
ބިޒްނަސް އިންސައިޑަރ
ޗައިނާގެ ހާލަތު
ކޮވިޑް-19: ޗައިނާއިން ހޯމަ ދުވަހު ރިޕޯޓުކުރީ އެންމެ 6 ކޭސް!
 
77500 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ބަލިން ފަސޭހަވެފަ
 
ކޮވިޑް-19ގެ އަލާމާތެއް ނެތް ނަމަވެސް ބަލި ޖެހިފައިވާ 40 ކޭސްއެއް ރިޕޯޓުކޮށްފައިވޭ
 
މިހާތަނަށް ޗައިނާއިން 82000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވޭ

ޗައިނާ އިން ހޯމަ ދުވަހު ރިޕޯޓު ކުރެވިފައިވަނީ ކޮވިޑް-19 ގެ އެންމެ 6 ކޭސް ކަމަށް އެގައުމުގެ ސިއްހަތާއި ބޭހޭ ވުޒާރާއިން ބުނެފި އެވެ.

ޗައިނާގެ ސިއްހަތާއި ބެހޭ ވުޒާރާއިންް އާއްމު ކުރި މައުލޫމާތުތަކަށް ބަލާލާއިރު، ހޯމަ ދުވަހު އެއްވެސް މީހަކު ކޮވިޑް-19 ޖެހިގެން އެގައުމުގައި މަރުވެފައެއް ނުވެއެވެ. އަލަށް ފެނުނު ހަ ކޭސްއަށް ބަލާލާއިރު، އޭގެ ތެރޭގައި އިމްޕޯރޓެޑް ތިން ކޭސް ހިމެނޭއިރު ތިން ލޯކަލް ކޭސްތައް ހިމެނެ އެވެ.

މި ހަ ކޭސްގެ އިތުރުން ކޮވިޑް-19ގެ އަލާމާތެއް ނެތް ނަމަވެސް ބަލި ޖެހިފައިވާ 40 ކޭސްއެއް ރިޕޯޓުކޮށްފައި ވެއެވެ. ކޮވޑުގެ އަލާމާތެއް ނެތް ނަމަވެސް، ބަލި ޖެހިފައިވާ 997 މީހުންނަށް ފަރުވާދެމުންދާ ކަމަށް ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފަ އެވެ. ކޮވިޑުގެ އަލާމާތެއް ނެތި ބަލި ޖެހިފައިވާ ކޭސްތައް ކުރިން ޗައިނާއިން ތަފާސްހިސާބުތަކުގައި ނުހިމަނަ އެވެ.

މިހާތަނަށް ޗައިނާއިން 82000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައިވާއިރު އޭގެތެރެއިން 77500 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ޗައިނާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގޮތުގައި ރިޕޯޓުކުރެވިފައިވަނީ 4633 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް