ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 12:27
މީހަކު ސެނިޓައިޒަރ ފުޅިއަކުން އަތް ސާފުކުރަނީ
މީހަކު ސެނިޓައިޒަރ ފުޅިއަކުން އަތް ސާފުކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
ޔޫއެސް ފުޑް އެންޑް އޮތޯރިޓީ
ހޭންޑް ސެނިޓައިޒަރ ބުއިން ހުއްޓުވަން ފިޔަވަޅުތަކެއް އަޅަންޖެހޭ: އެމެރިކާގެ އެފްޑީއޭ
 
ކޮވިޑް19 އާ ގުޅިގެން ހޭންޑް ސެނިޓައިޒަރއަށް އޮތް ޑިމާންޑު ވަނީ އިތުރުވެފައި
 
މި ވާހަކަތަކާއި ގުޅިގެން، ބަލިން ސަލާމަތްވާން ސެނިޓައިޒަރ ބޭނުންކުރުމުގެ ބިރުވަނީ ބޮޑުވެފައި
 
ދާދި ފަހުން ޓްރަމްޕް ވަނީ ކޮވިޑް19 އާ ގުޅުވައިގެން ޑިސްއިންފެކްޓަންޓް ހަށިގަނޑުގެ ތެެރެއަށް ފޮނުވާ ވާހަކަ ދައްކަވާފައި

ހޭންޑް ސެނިޓައިޒަރ އުފައްދާ ފަރާތްތަކުން، ޑީނޭޗަރޑް އަލްކަހޯލް އެޅުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފި އެވެ.

އެފްޑީއޭ އިން މިހެން އަންގާފައިވަނީ، ޑިސްއިންފެކްޓަންޓް ހަށިގަނޑަށް އިންޖެކްޓު ކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ޓްރަމްޕް ދެއްކެވި ވާހަކަތަކާއެކު، ވައިރަސް ޖެހިފައިވާ މީހުން ވައިރަސްއިން ސަލާމްތަވުމަށް ހޭންޑް ސެނިޓަރިޒަރ ބޯން ފަށާފާނެ ކަމުގެ ބިރުވަނީ ބޮޑުވެފަ އެވެ.

މިކަމާއި ގުޅިގެން އެފްޑީއޭގެ ކޮމިޝަނަރު ސްޓީވަން ހާން ނެރުއްވި ބަޔާންގައި ވަނީ، ހޭންޑް ސެނިޓަރިޒަރއަކީ ކޮވިޑް19 ގެ ފަރުވާއެއް ކަމަށް އެއްވެސް ހޯދުންތަކަކުން ނުދައްކާ ކަމަށެވެ. އަދި ހޭންޑް ސެނިޓައިޒަރއަކީ ބޯން އެކަށީގެންވާ އެއްޗެއް ނޫންކަމަށް ބަޔާނުގައި ވެއެވެ.

ޑީނޭޗަރޑް އަލްކަހޯލް އަޅަން އިރުޝާދުދެވިފައިވަނީ ސެނިޓައިޒަރ ބުއިން ހުއްޓުވުމުގެ ގޮތުންނެވެ. މި ބާވަތުގެ ބަނގުއާވި އެޅުމުން ހިތަ ރަހަ ގަދަވެ އެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ސެނިޓައިޒަރ އަށް އޮތް ޑިމާންޑު ވަނީ އިތުރުވެގެން ގޮސްފަ އެވެ. ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުވުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް