ބޭނުންވާތަކެތި:

1. ހަތަރު ފޮތި ޕާން

2. 500ގްރާމް ޗިކަން ބްރެސްޓް (ކިއުބުކޮށް ކޮށާފައި)

3. އެއް ސައި ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް (ޖިންޖަރ ގާލިކް ޕޭސްޓް)

4. އެއް މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

5. 2/1 މޭޒުމަތީ ސަމުސާ އަސޭމިރުސް

6. ޕެޕްރިކާ ޕައުޑަރ

7. 2/1 ލޮނު

ބިސްގިރަން ބޭނުންވާ ތަކެތި:

1. އެއް ބިސް

2. ކުޑަ ލޮނުކޮޅެއް

3. ވައިޓް ޕެޕަރ

4. އެއް ސައިސަމުސާ ކިރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕާނުގެ ހަތަރު ފަރާތް ކަފާލާށެވެ. ޕާން ފޮތިތައް ކިއުބުކޮށް ކޮށާލުމަށްފަހު މިކްސަރުން ފުނޑުކޮށްލާށެވެ. އެއަށްފަހު، އޭގެތެރެއަށް ކުކުޅާއި، އިނގުރު ލޮނުމެދު ޕޭސްޓާއި، ސޯޔާސޯހާއި، އަސޭމިރުހާއި، ޕެޕްރިކާ ޕައުޑަރާއި، ލޮނު އަޅާލުމަށްފަހު ފުނޑުކޮށްލާށެވެ. ފުނޑު ކުރާނީ ކުޑަކޮށް ފުށްފުއް ހުންނަގޮތަށެވެ. ފުނޑުކޮށް ނިމުމުން މަސްގަނޑު މައްޗަށް ތެޔޮފޮދެއް އަޅާލުމަށްފަހު، ފުށް މޮޑޭގޮތައް ރަނގަޅަށް އޮމާންވަންދެން މޮޑެލާށެވެ. މޮޑެ ނިމުމުން މަސްގަނޑު ފަތާކޮށްލުމަށްފަހު، ބޭނުންވާ ތައްގަނޑަކަށް ކަފާލާށެވެ. ކިއުބްކޮށްވެސް ކަފާލެވިދާނެއެވެ. ބިހާއި، ވައިޓް ޕެޕަރއާއި ލޮނާއި، ކިރު އެޅުމަށްފަހު އެއްކޮށް ރަނގަޅަށް ގިރާފަ، އޭގެ ތެރެއަށް ތައްޔާރުކުރި މަސްލުމަށްފަހު، ޕާންކުނޑި ހާކާލާށެވެ. ތެޔޮގަނޑަށް ނަގެޓްސްލުމުގެ ކުރިން ތެޔޮގަނޑު ހޫނުކޮށްލުމަށްފަހު އަލިމުށި ކުލަ އަރަންދެން ތެލުލާށެވެ،

ނޯޓް: މިއީ ތިޔަބޭފުޅުންނަށް، ގޭގަ ތިބެގެން ތައްޔާރުކޮށްލަން ފަސޭހަ ގޮތެކެވެ. ނަގެޓްސް ހަދަން ތައްޔާރުކުރާ މަސްގަނޑު ދެމަސް ދުވަސްވަންދެން ފްރިޖްކޮށްގެން ބޭނުންކުރެވިދާނެއެވެ.

- ކޮމެންޓް