Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 09:08
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ - ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެކަމަށް މުސްތަފާ ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ - ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެކަމަށް މުސްތަފާ ވިދާޅުވި
މުހައްމަދު ޝަރުހާން
މެމްބަރުންނަށް ބިރުދެއްކުން
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ
މައިގަނޑު ބޭނުމަކީ ޕީޕީއެމްގައި މިހާރުތިބި މެމްބަރުންނަށް ބިރުދެއްކުން
މަޤާމުގެ ނުފޫޒު ބޭނުންކޮށް ރައްޔިތުންނަށް ބިރުދައްކާ ވެރިންނަކީ އެންމެ ފިނޑި ވެރިން
ބަލިކަށި ފިނޑިވެރިންގެ ބިރު ބަލައިގަތުމަކީ މޮޔަކަމެއްކަމަށް

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށާއި، ބިރު ދެއްކޭނީ ޕީޕީއެމްގައި ތިބި މެމްބަރުންނަކަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރެއްގެ ގޮތުގައި އަދިވެސް ހުންނެވި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ މައިގަނޑު ބޭނުމަކީ ޕީޕީއެމްގައި މިހާރު ތިބި މެމްބަރުންނަށް ބިރުދެއްކުން ކަމަށެވެ. އަދި ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރު ނުދެއްކޭނެ ކަމަށާއި، ބިރުދެއްކޭނީ ޕީޕީއެމްގައި ތިބި މެމްބަރުންނަކަށް މުސްތަފާ ވިދާޅުވި އެވެ.

 

 

މުސްތަފާ ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށް ރައްޔިތުންނަށް ބިރުދައްކާ ވެރިންނަކީ އެންމެ ފިނޑި ވެރިން ކަމަށެވެ. އަދި ބަލިކަށި ފިނޑިވެރިންގެ ބިރު ބަލައިގަތުމަކީ މޮޔަކަމެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

 

މުސްތަފާ އެގޮތަށް ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގައި އޮތް ސާފު މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން އަންނަނީ ކުރި ހޯދަމުންނެވެ. މީގެކުރިން ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 54 މެމްބަރުން ތިއްބެވި ނަމަވެސް މިހަރު އެ އަދަދު ވަނީ 47 ވެއްޓިފަ އެވެ. އަދި ހުރިހާ ބިރެއްދެކުމާއެކު، ސަރުކާރަށް އެންމެފަހުން ނެގި ވޯޓުގައިވެސް އެއްކުރެވިފައިވަނީ 48 ވޯޓު އެވެ.

 

ގިނަ މެމްބަރުންތަކެއް، ރައީސް ޔާމީންގެ ފެކްޝަން ދޫކުރަމުންގެންދާއިރު، އެމަނިކުފާނުގެ ފެކްޝަން ދޫކޮށް ނިކުންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަނީ ވަރަސް ހަރަކާތްތެރިކޮށެވެ. އަދި އެ މެމްބަރުންނަށް ރައްޔިތުންގެ ބޮޑު ލޯތްބެއް ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް