ކ. މާލެ
|
21 އޭޕްރިލް 2020 | އަންގާރަ 23:37
ސައުދީ ވެރިރަށް ރިޔާދުގެ އޭރިއަލް ފޮޓޮއެއް
ސައުދީ ވެރިރަށް ރިޔާދުގެ އޭރިއަލް ފޮޓޮއެއް
ސައުދީ ގެޒެޓް
ސައުދީ ކާފިއުގެ އަމުރު
ސައުދީން ކާފިއުގެ އަމުރު މުރާޖައާކޮށްފި
 
ކާފިއުގެ އަމުރު މުރާޖައާކުރީ ރަމަޟާންމަހު އާންމުންނަށް ފަސޭހަކުރުމުގެ ގޮތުން
 
ލޮކްޑައުން ކޮށްފައިވާ ސިޓީތަކުގެ މީހުންނަށް ނިކުމެވޭނީ ހަމައެކަނި ޒަރުރީ ބޭނުންތަކައް
 
ލޮކްޑައުން ނުކުރާ ސިޓީތަކުގައި ހެދުނު 9 އަކުން ހަވީރު 5 އަށް ނިކުމެވޭނެ

ނޮވެލް ކޮރޯނާވައިރަސް އާއި ގުޅިގެން ސައުދީ ސަރުކާރުން އިޢުލާނުކޮށްފައިވާ ކާފިއުގެ އަމުރު އަލުން މުރާޖައާކޮށްފިއެވެ.

ސައުދީގެ ދާޚިލީ ވުޒާރާއާއި ޙަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެ ގޮތުން ރަސްކަމުގެ ދަރުބާރުން އިއުލާނުކޮށްފައިވާ ކާފިއުގެ އަމުރު މުރާޖައާ ކުރީ ރަމަޟާންމަހު އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން މިހާރު އެއްކޮށް ލޮކްޑައުން ކޮށްފައި ނުވާ ސިޓީތަކާއި ޞަރަޙައްދުތަކުގެ ރަށްވެހިންނާއި، ދިގުމުއްދަތަކައް އެކި ބޭނުންތަކައް އެސިޓީތަކުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ހެދުނު 09:00 އިން ހަވީރު 05:00 އަށް ރަމަޟާންމަހު ބޭރަށް ނިކުމެ އުޅުން ހުއްދަކަމަށެވެ.

އަދި އެއްކޮށް ލޮކްޑައުން ކޮށްފައިވާ ސިޓީތަކުގެ މީހުންނަށްވެސް މިގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް ނިކުތުމުގެ ހުއްދަ ލިބޭނެކަމަށެވެ. ޒަރޫރީ ބޭނުންތަކުގެ ގޮތުގައި މާނަކޮށްފައިވަނީ ކާބޯތަކެތިގަތުމާއި،ޞިއްޙި ފަރުވާހޯދުމެވެ.

ސައުދީޢަރަބިއްޔާގައި އެއްކޮށް ލޮކްޑައުންކޮށްފައިވާ ސިޓީތަކުގެ ތެރޭގައި، ވެރިރަށް ރިޔާދާއި، މައްކާއާއި، މަދީނާއާއި، ދަމާމްއާއި، ޖިއްދާ ހިމެނެއެވެ. މިސިޓީތައް އެއްކޮށް ލޮކްޑައުންކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
100%
0%
0%
0%
0%
ކޮމެންޓް