ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 15:36
މާލޭގެ މަގުމަތީގައި ފެންބޮޑުވެފައި -- ފޮޓޯ:ސަމާހު
މާލޭގެ މަގުމަތީގައި ފެންބޮޑުވެފައި -- ފޮޓޯ:ސަމާހު
އަޒުމޫން އަހުމަދު
ވާރޭވެހި މާލޭގައި ފެންބޮޑުވުން
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
އަމީނީ މަގާއި ބުރުޒުމަގާއި  އެ ދެ މަގާއި މަގާއި ގުޅިފައިވާ ގޯޅިތަކުގަައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި އަމީނީ މަގާއި ބުރުޒުމަގާއި  އެ ދެ މަގާ ގުޅިފައިވާ ގޯޅިތަކުގަައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މޫސުމާބެހޭ އިދާރާ އިން ބުނީ ރޭ ފަތިހު 05:30 ން ފެށިގެން މިއަދު ހެނދުނު 09:00 އާ ހަމައަށް ހުޅުލެއަށް 86.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލެއަށް ވެހިފައިވަނީ ކިހާ މިންވަރެއްގެ ވާރޭއެއް ކަމެއް އެ އިދާރާއިން ހާމައެއް ނުކުރައްވައެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް 24 ގަޑިއިރު މެދުރާއްޖެތެރެއަށާއި އުތުރަށް ދޭތެރެދޭތެރެއިން ވާރޭ ވެހޭނެ ކަމަށެވެ. ނަަމަވެސް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

 ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުވާނެކަމަށާއި، ނަމަވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމކުރެއެވެ.

- ކޮމެންޓް