Advertisement
ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 09:50
ރައީސް މައުމޫން ރައީސް ޔާމީނާއި ސަލާމް ކުރައްވަނީ
ރައީސް މައުމޫން ރައީސް ޔާމީނާއި ސަލާމް ކުރައްވަނީ
ރާއްޖެ އެމްވީ
އެމްޑީޕީ ޖަލްސާ
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު
މައުމޫނާއި ދޭތެރޭ ސަރުކާރުން ކަންތަށް ކުރައްވަނީ "ހިތުހުރި ގޮތަކަށް"
ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅާމެދު ވިސްނާލަންޖެހޭ
މައުމޫން ނިކަމަތިކޮށްލައިގެން ރައީސް ޔާމީނަން ލިބޭނެ އިޙްތިރާމެއް ގަދަރެއް ނޯންނާނެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނެގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮނޑުފުޅުގައި "އަސާގަނޑެެއް އްހެން" އެލިގަނެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އޮފީހަށް ވަދެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ ފުލުހުން ނެގުމަށް ފަހު އެމަނިކުފާނަން ސިޔާސީ ހަރަކާތް ނުހިންގެވޭ ވަރު މި ސަރުކާރުން ކުރާއިރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެއުމަށްޓަކައި ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ރައީސް މައުމޫނާއި ދޭތެރޭ މި ސަރުކާރުން ކަންތައް ކުރައްވަނީ "ހިތުހުރި ގޮތަކަށް" ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

"ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވުނީ އަސާގަނޑެއްހެން ރައީސް މައުމޫންގެ ކޮނޑުގައި އެލިވަޑައިގަނެގެން، ލަތުވެތިކަމުގެ އިންތިހާ، މަގާމު ލިބުނީމަ އެއްފަރާތް އެ ކޮށްލީ ހިތުހުރި ގޮތަކަށް،" ޝާހިދު ވިދާޅުވިއެވެ.

 

ކޯޓު އަމުރު ތަންފީޒްކުރުމަށް ކަމަށް ބުނެ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަން ބޯޑާއި، ދިދަ ނެގުމަށް ފުލުހުން، ހ. ތެމާއަށް ވަދެފައިވަނީ، ހުކުރު ދުވަހުގެ ރޭ 7:30 ގައެވެ. ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ، އޮފީހުގެ ތަޅު ހަލާކުކޮށްލުމަށް ފަހުގައެވެ. 

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައީސް މައުމޫން ނިކަމަތިކޮށްލައިގެން ރައީސް ޔާމީނަން ލިބޭނެ އިޙްތިރާމެއް ގަދަރެއް ނޯންނާނެ ކަމަށެވެ. އިޙްތިރާމާއި ގަދަރަކީ ގަދަ ބާރުން ހޯދާ އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް ހާމަވަނީ އެމްޑީޕީން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

 

"އަޅުގުނޑުމެންގެ ޕާޓީ ލޯބިވާ ރައީސް މުހައްމަދު ނަޝީދާއި ދޭތެރޭ ޕާޓީން ކަންތައް ކުރައްވަނީ ޑިމޮކުރަޓިކް އުސޫލުން، ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް އިޙްތިރާމް ކުރާ އުސޫލުން" ޝާހިދު ވިދާޅުވިއެވެ.

 

އެގޮތުން ރައީސް ނަޝީދުގެ އިނާޔަތްތަށް ގާނޫނު އަސާސީއާއި ހިލާފަށް ކަނޑާލުމަށް ފަހު އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ނޫން ކަމަށް ކަނޑައެޅި ނަމަވެސް އެޕާޓީގެ މެމްބަރުންގެ ހިތްތަކުގައި ރައީސް ނަޝީދަށް ދެވިފައިވާ މަގާމަކަށް ބަދަލެއް ނާންނާނެ ކަމަށް ޝީދު ވިދާޅުވިއެވެ.

 

"އަޅުގަނޑުމެން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް މިއިންނަނީ ހުސްކޮށް ބައިންދާފައި ރައީސް ނަޝީދުގެ ގޮނޑި ކޮޅު، އެއީ އަޅުގަނޑުމެން އެމަނިކުފާނަން ދޭ އިޙްތިރާމަކީ ، އަޅުގަނޑުމެން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި، ރައީސް ނަޝީދު ރޫހާނީ ގޮތުން ރޫހީ ގޮތުން އެތާ އިންނަވާކަން އަޅުގަނޑުމެން ގަބޫލުކޮށްގެން މި ތިބެނީ، އެއީ ހިތުގައިވާ ގަދަރައީ" ޝީހިދު ވިދަޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 އޭޕްރިލް 2017 | ހޮނިހިރު 17:19
ވެރިކަމަށް ވަޑައިގަތީ
! އެކަލާނގެއީ، އެންމެ ނފޟ އަކޫން ތި ޔަބައި މީހުން ހެއްދެވި ރަސްކަލާނގެއެވެ. ވެރިކަން މިލްކުވެވޮޑި ގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ؟! ާއިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ! އަދި، އިބަރަސްކަލާނގެ އިރާދަކުރައްވ ުމީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ! އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކ މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނި ކަމެތިކުރައްވަމުއެވެ!؟
1 އޭޕްރިލް 2017 | ހޮނިހިރު 12:21
މަރީ
ގަނޑިޔަ ހަމަ އެކައޗެއްވެސް ޖަހަން ނުކެރުނީ
1 އޭޕްރިލް 2017 | ހޮނިހިރު 07:13
Kudey
Miyakee sarukaareh noon. Mafia gangeh. Yanuge amalaa bahun dheenun beyruvaa dharaja hoadhaifi. Ladheh, hayaatheh, rabbee eh, rasooleh, dheeh, millatheh, hama eh, lamaeh nethi e thelhenee marah. Baaru othee adhi onnaanee ves Allah raskanfulhugai. Boakoh vedhun.
1 އޭޕްރިލް 2017 | ހޮނިހިރު 07:12
Kudey
Miyakee sarukaareh noon. Mafia gangeh. Yanuge amalaa bahun dheenun beyruvaa dharaja hoadhaifi. Ladheh, hayaatheh, rabbee eh, rasooleh, dheeh, millatheh, hama eh, lamaeh nethi e thelhenee marah. Baaru othee adhi onnaanee ves Allah raskanfulhugai. Boakoh vedhun.