ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 02:53
އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުގެ ތެރެއިން
އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުގެ ތެރެއިން
ރާއްޖެ އެމްވީ
އަނަސް ޕޮލިހަށް
ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް
ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަށް ގޮވާލުމަކީ ގާނޫނީ ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައެއް ނުވޭ
މީގެ ކުރިން ވެސް ސިޔާސީ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރމުން އެ ފަރާތްތަކަށް ތާއިދުކުރާ މީހުން ފުލުހުންގެ އިދާރާ ކައިރި އަށް އެއްވެފައިވޭ

ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށް އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ރޭ އެ ސަރަހައްދަށް ވީހާ ވެސް ގިނަ ބަޔަކު ދިއުމަށް ގޮވާލައި އެމްޑީޕީގެ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓަކާ  ގުޅިގެން ކަމަށެވެ.

އަނަސް ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ ތާއީދު ލިބިފައިވާ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމުން އެ ފަރާތްތަކަށް ތާއިދުކުރާ މީހުން ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަށް ގޮވާލައި ޓްވީޓްކޮށް މެސެޖް ކުރާ ކަމަށެވެ. ނަމަވެސް މީގެ ކުރިން އެ ކަމަކީ މައްސަލައަކަށް ހަދާފައި ނުވާކަން އަނަސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މިފަހަރު އެކަން މައްސަލައަކަށް ހަދައި ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ހަތަރު ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރަން ފެށުމުން، ސަރުކާރުން ޖެހިލުން ވާތީ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އަނަސްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވި ހިސާން ހުސެއިން ވިދާޅުވީ ސިޔާސީ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުން އެ ފަރާތްތަކަށް ތާއިދުކުރާ މީހުން ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދަށް ދިއުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މިފަދަ ކަންތައްތައް ސަރުކާރުން ކުރުމުން ދޭހަވެގެން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަލިކަށިވަމުން ދިއުން ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ސިޔާސީ ފަރާތްތައް މިފަދަ ގޮތަކަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ކރުމުން ދޭހަވެގެން ދަނީ ސަރުކާރުން ފުލުހުންގެ އިދާރާ ސިޔާސީ މަގުސަދުތައް ހާސިލް ކުރަމުންދާ ކަން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

- ކޮމެންޓް