Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 18:29
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްގެ ތެރެއިން
ރާއްޖެއެމްވީ
އިދިކޮޅު ލީޑަރުންނަށް ބިރުދެއް
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
ސިޔާސީ ލީޑަރުންގެ ފަހަރަކު ބޭފުޅެއް ފުލުހަށް ހާޒިރުކުރަމުންދަނީ، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން ގެއްލިފައިވާތީ
ރައީސް ޔާމީން ހުންނެވީ ކުރީގެ ރައީސް މައުމޫނަށް ޖެއްސުން ކުރުމަށް ފޫގަޅައިގެން
ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރު ހަމަ މަގަށް އަޅުވާނެކަމަށް

މާޗް 27 ވަނަ ދުވަހު ނެގި މަޖިލިސް ރައީސް ގެ އިތުބާރުނެތްކަމުގެ ވޯޓާއެކު ސަރުކާރަށް އޮތް މެޖޯރިޓީ ހަނިވެފައިވާކަން ދޭހަވުމާއި އެކު، އިދިކޮޅުލީޑަރުނަށް ސަރުކާރުން ބިރުދައްކާ ޖެއްސުން ކުރުމުގެ އާ ކެމްޕޭނެއް ފަށާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

 

އެމްޑީޕީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީން ހުންނެވީ ކުރީގެ ރައީސް މައުމޫނަށް ޖެއްސުން ކުރުމަށް ފޫގަޅައިގެންކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އޮފީސް ބަންދުކުރުމަށް ކޯޓް މެދުވެރިކޮށް އަމުރުނެރެ، އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތަށް ރައީސް ޔާމީން ހުރަސް އަޅުއްވަމުންދާކަމަށް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން މާޗް 27 ވަނަ ދުވަހު ނެގުނު ވޯޓާއިއެކު، ރައީސް މައުމޫނު އެޕާޓީން ވަކިކޮށް ޕީޕީއެމްގެ ހިންގުމުގެ އެއްވެސް ދައުރެއް ނެތް ބޭފުޅެއްކަމަށް ހެދީ، އެޕާޓީގެ އަސާސީ ގަވާއިދާވެސް ޚިލާފަށްކަމަށް އެމްޑީޕީން ބުނެއެވެ.

 

މި ވޯޓަށްފަހު ރައީސް ޔާމީނަށް އޮތް ސުޕަ މެޖޯރިޓީ ގެއްލުނުކަން ހާމަވެގެން ދިއުމާއެކު، ރައީސް ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ އިތުރު ދައުވާއެއްގައި، ޝަރީއަތް ފެށުމަށް ނިންމާ، ޖޭޕީގެ ލީޑަރު ގާސިމް ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމާއި، ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެންގުމާއެކު އެމަނިކުފާނުގެ ވިލާ ގްރޫޕްގެ އެކައުންޓްތައް ފްރީޒްކޮށް   އިދިކޮޅު އެހެނިހެން ސިޔާސީ ލީޑަރުންގެ ފަހަރަކު ބޭފުޅެއް ފުލުހަށް ހާޒިރުކުރަމުންދަނީ، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން ގެއްލިފައިވާތީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 

ތީމްގޭގެ އޮޑިޓް ރިޕޯޓެއްގެ މައްސަލާގައިކަމަށް ބުނެ މަޖިލީހުގެ ވޯޓްގެ ކުރިން އިދިކޮޅު އިއްތިހާދާއި ގުޅިފައިވާ ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ފަސް ފަހަރެއްގެ މަތީން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ  ރިޔާޒުވެސް މިދިޔަ ހޯމަދުވަހު ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަދި ހަމަ މި ދަނޑިވަޅުގައި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ގޭ ބަންދުގައި ހުންނަވަނިކޮށް ވަނީ އަނބުރާ ޖަލަށް ގެންދަވާފައެވެ.

 

އިދިކޮޅު ލީޑަރުންގެ ފަހަރަކު ބޭފުޅަކު ފުލުހަށް ހާޒިރުކޮށް ސުވާލުކުރަމުންދާއިރު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބުދުއް ސައްތާރުވެސް ހުކުރު ދުވަހުގެ ރޭ 7.00 އަށް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

"ހޯމަދުވަހު ނެގުނު ވޯޓާއިއެކު، މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލިގެންދާކަން އެ އޮތީ ހާމަވެފައި. އެމަނިކުފާނަށް އޮތް ތާއީދު އެދަނީ ގެއްލެމުން" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

 

އެމްޑީޕީން ބުނީ،60 މެންބަރުންގެ ބޮޑު ފުޅާ މެޖޯރިޓީއާއެކު މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުންނަށް ހޯމަދުވަހު މަޖިލީހުގައި ނެގި މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓްގައި ނުފެންނަކަމަށް ވޯޓް ދިނީ، އެންމެ 48 މެންބަރުން ކަމުން ޔާމީނުގެ ސަރުކާރަށް އޮތް ތާއީދު ގެއްލެމުންދާކަން ސާފުކޮށް އެނގޭކަމަށެވެ.

 

ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް އެތައްކަމެއްކޮށް، ސަރުކާރުގެ އެތެރޭގައި އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އުފެދިފައިވާއިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިހާރު ވަނީ އެކައްޗެއް ކިޔާފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި، ޖޭޕީގެ ލީޑާރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާނާއި އެކު ވަނީ މި ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި އެކަތި ގަނޑެއްގެ ގޮޮތުގައި ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް ތެދުވުމަށް އެއްބަސްވެ އިސްލާހީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

 

ގުޅިފައިވާ 4 ލީޑަރުންނާއި އެކު މި ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނުގެ ސަރުކާރު ހަމަ މަގަށް އަޅުވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
1 އޭޕްރިލް 2017 | ހޮނިހިރު 16:58
ޔާމީން
ތި ޔަބައި މީހުންގެ ހި ތްތަކު ގައި ވާކަމެއް، ތި ޔަބައި މީހުން ވަންހަނާކު ޅަޔަސް، ނުވަތަ އެކަމެއް ތި ޔަބައި މީހުން ފާޅުކުޅަޔަސް، ﷲ، އެކަމެއް ދެނެވޮޑި ގެންވެތެވެ. އަދި ، އުޑުތަކުގައި ވާހާ ކަމަކާއި ، ބި މުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑި ގެންވެތެވެ. ﷲ އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
31 މާރޗް 2017 | ހުކުރު 16:50
ބާތުޑޭ
ދޮންކެޔޮގަނޑު ފީވަނީހެން ހީވަނީ