Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 16:41
ލ. ފޮނަދޫ: ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ބަރާސިލް އަވަށުގެ އަތިރިމަތިން
ލ. ފޮނަދޫ: ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ބަރާސިލް އަވަށުގެ އަތިރިމަތިން
ޓްވިޓަރ
ބިދޭސީ މީހާގެ މަރު
ތުހްމަތުކުރަނީ ބިދޭސީ މީހާ މަރާލީ ކަމަށް، ތިން މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރި ތިން މީހުންނަކީ ވެސް މަރުވި މީހާއާ ގާތް ބަޔަކު
ހަށިގަނޑުގައި ޒަހަމްކުރި
ތަހްގީގު ގެންދަނީ ކުރިއަށް

ފޮނަދޫގައި އަތިރިމަތީގައި  މަރުވެފައި އޮތްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑުގައި ޒަހަމްތައް ހުރި ކަމަށާ އަދި ބަޔަކު އޭނާ މަރާލީ ކަމަށް ތުހްމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ. 

މަރުވެފައި އޮއްވާ ބުރާސްފަތި ދުވަހު ހެނދުނު ފެނިފައިވަނީ ބަންގަލަދޭޝްގެ ރައްޔިތެއްކަމުގައިވާ  ހަސަނުއްﷲ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ  އޭނާ ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ލ. ފޮނަދޫ ބަރާސިލް އަވަށު ސްޓޭޖާ ދިމާ އަތިރިމަތީގަ އެވެ. 

 

  ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާނު ވިދާޅުވި ގޮތުގައި އެ ބިދޭސީ މީހާގެ ހަށިގަނޑުގައި ޒަހަމްތައް އެބަހުއްޓެވެ. އެހެންވެ، މިހާރު މައްސަލަ ތަހްގީގުކުރަމުން ދަނީ ހަމަލާދީ މަރާލިކަމުގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި މި މައްސަލައިގައި މިހާތަނަށް ބިދޭސީ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

"އެ މީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހު ކުރި ތަހްގީގުތަކާ ގުޅިގެން. އަދިވެސް ޕޮލިހުން ދަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުން، މި މައްސަލައިގައި،" ޝިފާނު ވިދާޅުވި އެވެ 

ޝިފާނު ވިދާޅުވި ގޮތުގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ހަސަނުއްﷲ އާ ވަރަށް ގާތްކޮށް އުޅޭ ތިން މީހުން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް