Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 08:47
ޝާހިދު: ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ޝާހިދު: ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ލޯކަލްކައުންސިލްޝާހިދުއިދި
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
މިސަރުކާރަކީ ލާމަރުކަޒީ ނިޒާމް ދަންނަ އަދި އެނިޒާމް ބޭނުންވާ ސަރުކާރެއް ނޫން
ލާމަރުކަޒީ ނިޒާމްގެ ބާބު ލިޔުނީ އެމްޑީޕީން ވަކާލާތުކޮށްގެން

ރާއްޖޭގައި މީހަކަށްވާ މީހަކު މިހާރު ހުރީ އިދިކޮޅު ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށާއި މިހާރު މިދަނީ ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިކުރައްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ އެމްޔޫއޯގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ކުރާ ދަތުރުތަކުގައި ހދ. ވައިކަރަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ސަފުތައް އިތުރުވެ ފުޅާވެ ވަރުގަދަވަމުންދާ ނިސްބަތް އިތުރު ކަމަށާއި ރާއްޖޭގައި މީހަކަށްވާ ކަހަލަ މީހަކު ހުރިނަމަ މިހާރު ހުރީ ގުޅިފައިވާ ޕާޓީތަކާއެކުގައި ކަމަށެވެ. އެގޮތުން ރީނދޫ ކުލައިން ފެށުނު ލަޝްކަރުގައި މިހާރު ހުރިހާ ކުލަތަކެއްގެ ބޭފުޅުން ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން މިކިޔާލަނީ ރާއްޖޭގައި މީހަކަށްވާކަހަލަ މީހަކު ވިއްޔާ މިތިބީ އަޅުގަނޑުމެންނާ އެކީގަ. އަޅުގަނޑުމެން ފަށައިގަތީ ރީނދޫ ކުލައިން މިހާރު އެކުލަ ފެހިކުލައަށް. ފެހިކުލަ ރަތް ކުލައަށް. ރަތްކުލަ އެކުލަ މިކުލައަށް ވަމުންގޮސް މިހާރު މިއޮތީ ދުނިޔޭގައި ލެއްވިހާ ކުލައެއް އަޅުގަނޑުމެންނާ އަތުގުޅާލައިގެން. އަޅުގަނޑުމެން މިހާރު މިދަނީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކޮށްލަން" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަތާއިއަތް ގުޅާލައިގެން ނުކުމެ މިތިބީ ހުދުމުޚްތާރު ވެރިއެއް ބަލިކޮށްލުމުގެ ބޭނުމުގައި ކަމަށާއި ރައްޔިތުންނަށް އަނިޔާވެރި ވެރިއެއްގެ ނިމުން ގެނައުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރަކީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައިވާ ސަރުކާރެއް ކަމަށާއި މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އިތުބާރުކުރާ ސަރުކާރެއް ނޫން ކަމަށެވެ.އަދި ރައްޔިތުންނަށް އިހުތިރާމެއް ނެތް ސަރުކާރެއް ކަމަށާއި ރައްޔިތުންނަށް އެއްޗެއް ދޭނެ ސަރުކާރެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިސަރުކާރަކީ ލާމަރުކަޒީ ނިޒާމް ދަންނަ އަދި އެނިޒާމް ބޭނުންވާ ސަރުކާރެއް ނޫންކަމަށާއި މިސަރުކާރުގެ ނިޒާމަކީ މާލޭގެ ފިނިކޮޓަރީގައި އިންނަވާ ވަޒީރު ބޭނުންވާ ގޮތަކަށް ރަށްރަށުގެ ކަންކަން ކުރުވުން ކަމަށެވެ. އެހެންނަމަވެސް އެއީ ކަންކަން ކުރެވޭނެ ގޮތް ނޫންކަމަށް ވިދާޅުވީ އެގޮތް ބަދަލު ކުރުމަށް ޓަކައި ޤާނޫން އަސާސީގައި ލާމަރުކަޒީ ނިޒާމްގެ ބާބު ލިޔުނީ އެމްޑީޕީން ވަކާލާތުކޮށްގެން އެމްޑީޕީން ރައްޔިތުން ތަރައްޤީއަށްޓަކައި އެކަން ކުރަން ބޭނުންވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް