Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 03:15
ރައީސް އަބްދުﷲ ޔާމީން - ފުލުހުންވެސް ޤާނޫނާއި ހިލާފު ކަންތައްތައްކުރާކަމަށް ވިދާޅުވި
ރައީސް އަބްދުﷲ ޔާމީން - ފުލުހުންވެސް ޤާނޫނާއި ހިލާފު ކަންތައްތައްކުރާކަމަށް ވިދާޅުވި
މުހައްމަދު ޝަރުހާން
ފުލުހުންގެ އަހަރީ ދުވަސް
ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން
ފުލުހަކު ވެއްޓިގެންދާއިރު، ލެގިލަން ލިބޭ އެއްޗަކީވެސް ޤާނޫނު ކަމަށާއި، ފުލުހުންނަށް ލިބޭ ބާރަކީވެސް ޤާނޫނު ކަމަށް ރައީސް ވިދާޅުވި
ފުލުހުންގެ މަޤުބޫލުކަން ދެމެހެއްޓުމަށް ފުލުހުންގެ ވެރިން މަސައްކަތްކުރަންޖެހޭ
ފުލުހުންނާއި ކުރިމަތިލާއިރު، އެއީވެސް އާންމު ރައްޔިތުންކަމުގައި ޤަބޫލުކުރަންޖެހޭ

ފުލުހުންވެސް ޤާނޫނާއި ހިލާފު ކަންތައްތައް ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

 

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ފުލުހަކަށްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ފުލުހެއްގެ ގޮތުގައި ދެމިހުރިމަކީވެސް ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތް މިންކުރަންތިބޭ ބަޔަކީ އާންމުންކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އާންމުވެސް ފުލުހުންގެ މަސައްކަތް މިންކުރާނެކަމަށާއި، ނަމަވެސް ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭންޖެހޭނީ ފުލުހުން އަމަލުކުރަންޖެހޭ އުސުލުތަކާއި، ހަމަތަކުގެ މަތިން ކަންތައް ކުރުމަށް ކަމަށެވެ.  

 

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ފުލުހަކު ވެއްޓިގެންދާއިރު، ލެގިލަން ލިބޭ އެއްޗަކީވެސް ޤާނޫނު ކަމަށާއި، ފުލުހުންނަށް ލިބޭ ބާރަކީވެސް ޤާނޫނު ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައިވެސް ޤާނޫނާއި ހިލާފު ކަންތައްތައް ކުރާ ފުލުހުން ތިބޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

"މަދުން ނަމަވެސް މަގުން ކަސިޔަރުވެގެންދާ ފުލުހުން ތިބޭ. މަދުންނަމަވެސް ޤާނޫނާއި ހިލަފު ކަންތައްތައް ކުރަ ފުލުހުން ތިބޭ" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމިން ވިދާޅުވީ، ފުލުހުންގެ މަޤުބޫލުކަން ދެމެހެއްޓުމަށް ފުލުހުންގެ ވެރިން މަސައްކަތްކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންވެސް ކުރަންޖެހެނީ އުސޫލުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފުލުހުންނާއި ކުރިމަތިލާއިރު، އެއީވެސް އާންމު ރައްޔިތުންކަމުގައި ޤަބޫލުކުރަންޖެހޭނެކަމަސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ފުލުހުންގެ ހިދުމަތަށް 84 އަހަރުވެފައިވާއިރު، މި ހިދުމަތަށް ސެލިއުޓް ހައްގު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް