ކ.އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް ދިޔަ ފަތުރުވެރިއެއްގެ ޚަބަރެއް ނުވުމާ ގުޅިގެން ހޯދަމުންދިއަ ޓޫރިސްޓް މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމީހާ ފެނިފައިވަނީ ކަނޑުއަޑީގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން ކަނޑުއަޑިން ފެނުނު މީހާގެ މަރު ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފަ އެއް ނުވެ އެވެ.
އެމްއެންޑީއެފް އިން ބުނީ، މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ ބުރާސްފަތި ދުވަހުގެ 18:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް ޑައިވަރުންނާއެކު ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގައި ހޯދާފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމީހާ މޫދަށް ގޮސްފައިވަނީ 14:00 ހާއިރު މޫދަށް ދިޔައިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ބޫޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އަދި މި ފަތުރުވެރިޔާ އަޅައިގެން ހުރީ ނޫ ކުލައާއި ފެހި ކުލަ ހުރި މޫނު މައްޗެއް ކަމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތުދެ އެވެ.