Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 00:59
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އެޗްޕީއޭ ބަޔާން
އެޗްވަންއެންވަން އާންމު ހާލަތަށް
ރޯގާގެ ހާލަތު އާއްމު ހާލަތަށް ބަދަލުކޮށްފި
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 6 މީހުން ވަނީ މަރުވެފަ

ރާއްޖޭގައި ފެތުރިފައިވާ ރޯގާގެ ލެވެލް ތިނަކުން އާއްމު ހާލަތަށް ބަދަލުކޮށްފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ބަޔާނުގައި ވަނީ ސިއްހީ ދައިރާގައި އިޖާބަދިނުމަށް ކަނޑައަޅާފައިވާ މިންގަނޑު ނުވަތަ އިޖާބަދިނުމުގެ ތިން ވަނަ ލެވެލްގައި މަސައްކަތްކުރުމުގެ ހާލަތެއް މިހާރު ނެތް ކަމަށާއި މިހާރު ކުރިއަށްދަނީ އާއްމު ހާލަތުގައިވެސް ރޯގާ އުޅެމުންދާއިރު ކަންކުރާ އުސޫލުގެ މަތިންނެވެ. އަދި ބަލިތަށް އުޅޭ ގޮތް ދެނެގަތުމުގައި ގާއިމްކުރެވިފައިވާ ޑިޒީޒް ސަރވެއިލަންސް ނިޒާމުގެ ތެރެއިން އެއްވެސް އާދަޔާ ހިލާފަށް ބައްޔެއް އުޅޭނަމަ ނުވަތަ ރޯގާއެއް އިތުރުވާނަމަ ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ބަލިތަކަކީ އަބަދުވެސް އުޅެމުންދާ މޫސުމީ ރޯގާތައްކަމުގައިވާތީ މިފަދަ ބައްޔެއް ޖެހުމުން އެހެން މީހުންނަށް ބަލި ނުފެތުރޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް އިންފްލުއެންޒާ ޖެހިގެން 6 މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 20 އަރާފައިވާ އިރު 48 ގަޑިއިރުގެ ތެރޭގައި 10 މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އަތޮޅުތަކުން 797 މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު 357 މީހުންވަނީ މާލެއިން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފަ އެވެ. މުޅި ރާއްޖެއިން 1154 މީހުން ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް