ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 19:33
ބޮލީވުޑްގެ އެކްޓަރ ސޯނޫ ސުއޫދު
ބޮލީވުޑްގެ އެކްޓަރ ސޯނޫ ސުއޫދު
-
ކޮވިޑް-19
ސޯނޫގެ ހޮޓެލް ސިއްހީ މަސައްކަތްތެރިންނަށް ހުޅުވާލައިފި
އިންޑިއާގެ ބައެއް ޑޮކްޓަރުން ދިރިއުޅެމުންދާ ގެތަކުން ގަދަކަމުން އެމީހުން ނެރެމުންދޭ

ބޮލީވުޑްގެ އެކްޓަރ ސޯނޫ ސުއޫދުގެ ހޮޓެލް ޞިއްޙީ މަސައްކަތްތެރިންނަށް ހުޅުވާލައިފިއެވެ.

އިންޑިއާގެ ބައެއް ޑޮކްޓަރުން ދިރިއުޅެމުންދާ ގެތަކުން ގަދަކަމުން އެމީހުން ނެރެމުންދާކަމަށް އިންޑިއާގެ މެޑިކަލް އެސޯސިއޭޝަނުން ވަނީ ދާދިފަހުން ބުނެފައެވެ. އެކަމާއި ގުޅިގެން ގަލްފް ނޫހަށް ދިން އިންޓަވިއެއްގައި ސޯނޫ ބުނީ ޞިއްޙީ މަސައްކަތްތެރިން އެމީހުންގެ ޢާއިލާ ދޫކޮށް، ރިސްކު ނަގައިގެން މަސައްކަތް ކުރަނީ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި މުމްބާއީގައި ހުންނަ ހޮޓަލުގެ ދޮރުތައް ޞިއްޙީ މަސައްކަތްތެރިންނަށް ހުޅުވާލުމުން ރިސްކު ކުޑަވެ، މަސައްކަތައް ދިޔުމަށް ދަތުރު ކުރާ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ.

ޞިއްޙީ މަސައްކަތްތެރިންގެ ފުށުން ކޮވިޑް-19 ޖެހި އެ ގެއެއްގައި ނުވަތަ އެ ގެ ހުންނަ ހިސާބުގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 ޖެހިދާނެކަމުގެ ބިރަށް ޑޮކްޓަރުން ގެތަކުން ނެރެމުންދާއިރު އިންޑިއާ ވަނީ 21 ދުވަހުގެ ލޮކްޑައުންއެއްގައެވެ.

އިންޑިއާގެ ޕަބްލިކް ހެލްތު ކެއަރ ސިސްޓަމަކީ އެހާ ރަނގަޅު ނިޒާމަކަށްނުވާއިރު އެކަށީގެންވާ ވަރަށް މެޑިކަލް ސްޓާފުން ނެތުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަލި މީހުން އެންމެ ޑޮކްޓަރަކަށްވެސް ވަނީ ބަލަންޖެހިފައެވެ.

ރެސިޑެންޓް ޑޮކްޓަރސް އެސޯސިއޭޝަން އޮފް ދަ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސުން ބުނެފައިވަނީ ބައެއް ޑޮކްޓަރުން ދިރިއުޅެމުންދާ ގެތަކުން އެ ގޭގެ ވެރިން ގަދަކަމުން ނެރެމުން އަންނަކަމަށެނެވެ. އެއާއެކު އެމީހުން ދާނެ ތަނެއްނެތި މަގުމަތި ވެފައިވާކަމަށް ވެސް މި އެސޯސިއޭޝަނުން ބުނެއެވެ. އެހެންކަމުން މިކަން ހައްލުކޮށްދިނުމަށް އެސޯސިއޭޝަނުން ވަނީ ސަރުކާރުގައި އެދިފައެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ މިހާތަނަށް އާއިރު ނިއުދިއްލީން 3 ޑޮކްޓަރަކަށް އަދި ހައިދްރައާބާދުން 15 ޑޮކްޓަރަކަށް ވަނީ މި މައްސަލަ ދިމާވެފައެވެ.

ޑޮކްޓަރުންގެ އިތުރުން އެއަރލައިން ސްޓާފުންނަށްވެސް ވަނީ މި މައްސަލަ ދިމާވެފައެވެ. އެކި އެއަރލައިން ތަކުގައި މަސައްކަތްކުރާ މީހުން ވަނީ އެމީހުންގެ މުޖުތަމައުތަކުން އެކަހެރިކޮށްފައެވެ.

- ކޮމެންޓް