Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 18:40
ރައުދާ އާތިފް
ރައުދާ އާތިފް
އިންސްޓަގްރާމް
ރައުދާ އާތިފް
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
ދިރިއުޅުމުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ރައްޓެހިންނަށް ފާހަގަވެފައެއް ނުވޭ
ކަރުގައި ހިފާފައިވާ ކަމަށް ކުރެވުނު ތުހުމަތު ޑޮކްޓަރުން ދޮގު ކުރޭ
ރައުދާގެ އާއިލާ މިހާރު ބަންގްލަދޭޝްގައި

ރާއްޖޭގެ މަޝްހޫރު ފެޝަން މޮޑެލް ރައުދާ އާތިފް މަރުވެފައިވަނީ ދަންޖެހިގެންކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ކަށަވަރުކޮށްދީފައި ވާކަމަށް ބަންގްލަދޭޝްގެ ފުލުހުން ރާއްޖެއެމްވީއަށް މައުލޫމާތު ދީފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަމުން ބަންގްލަދޭޝްގެ ރަޖްޝާހް މެޓްރޮޕޮލިޓަންގެ ޝާހް މަޚްދުމް ޕޮލިސް ސްޓޭޝަންގެ އޮފިސަރ-އިން ޗާޖް ރަހްމާން ވިދާޅުވީ، ބަންގްލަދޭޝްގެ އިސްލާމިކް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރުން ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ރައުދާގެ ކުއްލި މަރުގެ މައްސަލަ ރިޕޯޓް ކުރުމާ އެކު ފުލުހުންގެ ޓީމެއް ކޮލެޖަށް ގޮސް މައްސަލަ ބަލާފައިވާކަން ފާހަގަކުރައްވާ ރަހްމާން ވިދާޅުވީ، ރައުދާގެ އެކުވެރިންނާ ސުވާލުކުރުމުން އަމިއްލަ ދިރިއުޅުމުގައި އެއްވެސް މައްސަލައެއް އުޅޭކަން ނޭނގޭކަމަށާއި، އަންނަ މަހު އޮންނަ އިމްތިހާނާ މެދު ރައުދާ ކޮންމެވެސް ކަންބޮޑުވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާގެ ރަށްޓެހިން މައުލޫމާތު ދީފައިވާކަމަށެވެ.

ރައުދާ ދިރިއުޅެމުން ދިޔައީ ކޮލެޖުގެ ޑޯމް ރޫމްގައި އެކަނި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަހްމާން ވިދާޅުވީ، ރައުދާ މަރުވެފައިވާ ކަން އެނގުނީ އޭނާގެ ޚަބަރެއް ނުވުމުން އެކުވެރިން ރައުދާގެ ކޮޓަރި ދޮރުގައި ޓަކި ޖެހުމުން ޖަވާބެއް ނުލިބި ގިނަ އިރު ވެގެން ކުޑަ ދޮރުން ބެލިއިރު އޭނާ ދަންޖެހިފައި ހުއްޓާ ފެނުމުން ކަމަށާއި އޭރު ކޮޓަރި ހުރީ އެތެރެއިން ތަޅުލާފަކަމަށެވެ.

ރައުދާގެ މަރުގެ ހާދިސާއާ ގުޅިގެން ރައުދާގެ އާއިލާ މިއަދުގެ މެންދުރު ވަގުތެއްގައި ބަންގްލަދޭޝްގައި ގޮސްފައިވާ ކަމަށާއި، އާއިލާއާ އެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ އޮފިޝަލަކު ވެސް ދިޔަކަމަށް ރަހްމާން ވިދާޅުވިއެވެ.

އުމުރުން 20 އަހަރުގެ ރައުދާ އާތިފް މަރުވެފައިވާ އޮއްވާ ފެނިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަދި ބަންގްލަދޭޝްގެ ދާކާ ޓްރިބިއުން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައުދާގެ ކަރުގައި ހިފައިފައި ހުރި ކަމުގެ ނިޝާން އޭނާގެ ހަށިގަނޑު ފެނުނު އިރު ހުއްޓެވެ.

ނަމަވެސް، އިސްލާމިކް މެޑީކަލް ކޮލެޖުން އެ ރިޕޯޓް ދޮގުކޮށްފައިވާ ކަމަށް އޮފިސަރ ރަހްމާން ރާއްޖެއެމްވީއާ ބުރާސްފަތި ދުވަހުގެ މެންދުރު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ރައުދާ ދަންޖެހިފައިވަނީ އެނދުމަތީ ގޮނޑިއެއް ބާހައްޓާ، އޭގެ މަތީ ބާލީހެއް ބޭއްވުމަށް ފަހު ބާލީސް މައްޗަށް އަރާ ކޮޓަރީގެ ފަންކާގައި ސްކާފެއް އައްސައިގެން ކަމަށް ދާކާ ޓްރިބިއުންގައި ރިޕޯޓްކޮށްފައިވެއެވެ.

މިހާދިސާއާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން މަސައްކަތް ކުރުމުން، އަދި މައުލޫމާތު ހާމަ ކުރެވެން ނެތްކަމަށް ބުނެފައިވެއެވެ.

ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ

ރައުދާ(ވ)އަކީ ވޯގް އިންޑިއާގެ ކަވަރއެއްގައި މިހާތަނަށް ފީޗަރ ކުރެވިފައިވާ ހަމައެކަނި ދިވެހި ފަންނާނު

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
30 މާރޗް 2017 | ބުރާސްފަތި 16:33
bayyeh
tee haadhaa hama nujehey vaahaka ekey. bagladesh sarukaarun thikan foruviyas raaje in thi kan varah serious koh balan jeheyne