Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 16:41
އެމްޑީޕީގެ ވަފުދު ހދ. އަތޮޅުގައި
އެމްޑީޕީގެ ވަފުދު ހދ. އަތޮޅުގައި
ރާއްޖެ އެމްވީ
އެމްޑީޕީ ވައިކަރަދޫ ޖަލްސާ
އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ
ޖަލްސާގައި އެމްޑީޕީ ޓިކެޓްގައި ވައިކަރަދޫ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހދ އަތޮޅު ވައިކަރަދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވަން ނިންމާފިއެވެ.

އެމްޑީޕީގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވައިކަރަދޫ އެމްޑީޕީ ހަރުގޭގައެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާ މި ޖަލްސާގައި ހދ. އަތޮޅުގެ ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ވަނީ އެޕާޓީން ގޮވާލާފައެވެ.

މިރޭގެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވައިކަރަދޫ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ފުރަތަމަ ދިއުމަށް ނިންމާފައި ވަނީ ހދ. ހަނިމާދޫ އަށެވެ. ހަނިމާދޫން އެ އަތޮޅު ފިނޭއަށް ގޮސް ދޮރުންދޮރަށް ހިނގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު، ނޮޅިވަރަންފަރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ބުރާސްފަތި ދުވަހުގެ މެންދުރު އެމްޑީޕީގެ ކެޕްޕެއިން ޓީމް ނޮޅިވަރަންފަރަށް ގޮސް އެރަށުގައި ވެސް ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހަވީރު ވައިކަރަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެވައިކަރަދޫ ކައިރި ސަރަހައްދުތަކުގެ އެހިނިހެން ރަށްރަށުގެ އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާ އެކު މަޝްވަރާ ބައްދަކުރުން ބޭއްވުމަށް ފަހު، އެރޭ ވައިކަރަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

 

ހުކުރު ދުވަހު ހެންދުނު ވައިކަރަދޫގައި ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހުކުރުކުރުން އޮންނާނީ ނޭކުރެންދޫގަ އެވެމެންދުރު ފަހު ނޭކުރެންދޫގައި ދޮރުންދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ނޭކުރެންދޫ ކެމްޕެއިން ޓީމާއެކު ބައްދަލުވުމެއް ބޭއްވުމަށް ފަހު ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ.

 

ކުޅުދުއްފުށި ކެމްޕެއިން ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްފަހު ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައި ވެއެވެއެމްޑީޕީގެ ކެމްޕެއިންޓީމު އެނބުރި މާލެއައުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް