ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 16:04
ސްކޫލް ދަރިވަރުންތަކެއް: އެޗްވަންއެންވަން ރޯގާ އާއި ގުޅިގެން، ކިޔަވައިދިނުން މެދުކަނޑައިލި ސްކޫލްތަކުގައި އާދީއްތަ ދުވަހު އަލުން ކިޔަވައިދޭން ފަށަން ވަނީ ނިންމާފަ
ސްކޫލް ދަރިވަރުންތަކެއް: އެޗްވަންއެންވަން ރޯގާ އާއި ގުޅިގެން، ކިޔަވައިދިނުން މެދުކަނޑައިލި ސްކޫލްތަކުގައި އާދީއްތަ ދުވަހު އަލުން ކިޔަވައިދޭން ފަށަން ވަނީ ނިންމާފަ
މުހައްމަދު ޝަރުހާން
ސްކޫލް ހުޅުވުން
އާދީއްތަ ދުވަހު ކިޔެވުން ފަށަން ނިންމައިފި
ކިޔަވައިދިނުން ފެށުން ރަނގަޅު ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފަ
ކިޔެވުން ފެށޭނީ އޭޕްރީލް 2 ގައި
ފިލާވަޅުތައް ހޯދައިދިނުމަށް އިންތިޒާމްތައް ހަމަޖައްސާނެ

މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާ އާއި ގުޅިގެން، މާލެއާއި ބައެއް އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ ހަފްތާއިން ފެށިގެން ކިޔަވައިދޭން ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ ރޯގާ އާއި ގުޅިގެން، 28 މާޗް 2017 ގައި މެދުކަނޑާލެވުނު ސްކޫލް މަދަރުސާތަކުގެ ކިޔެވުން، އަލުން ފެށުމަށް އެންމެ ރަނގަޅު ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިރުޝާދު ދީފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެޗްޕީއޭއިން މި އިރުޝާދު މިހެން ދިނުމާއި ގުޅިގެން، 2 އޭޕްރީލް 2017 ވާ އާދީއްތަ ދުވަހު ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ކިޔެވުން ފަށަން ނިންމާފައިވާކަމަށެވެ.

ރޯގާ ފެތުރެމުންދާތީ، ދެފަހަރެއްގެ މަތިން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެން، 6 ދުވަހުގެ ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުން ލަސްވެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން، މިފަދަ ކަންކަމާއި ގުޅިގެން، ސްކޫލް މަދަރުސާތަކުގެ ކުދިންނަށް ގެއްލޭ ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް، މިއަހަރުވެސް ސްކޫލްތަކުން ހަމަޖައްސާނެ ކަމަށެވެ.

އެޗްވަންއެންވަން ރޯގާ އާއި ގުޅިގެން، ދެފަހަރެއްގެ މަތިން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔެވުން މެދުކަނޑާލާފައިވަނީ، މި މާޗް މަހުގެ 14 އިން 16 އަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައެވެ. ދެވަނަ ފަހަރަށް ކިޔެވުން މެދުކަނޑާލާފައިވަނީ، މާޗް 28 ން 30 އަށް، މާލެ، ހުޅުމާލެ، ވިލިމާލޭގެ ހުރިހާ ސްކޫލަކާއި، ރ. އިނގުރައިދޫ ސްކޫލާއި އެ އަތޮޅު އުނގޫފާރު ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އެއަތޮޅު ޖަލާލުއްދީން ސްކޫލުގެ އިތުރުން އަފީފުއްދީން ސްކޫލްގައެވެ.  

- ކޮމެންޓް