Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 15:30
ފިނޭންސް މިނިސްޓްރީ ޙިދުމަތް ތާރަފްކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން
ފިނޭންސް މިނިސްޓްރީ ޙިދުމަތް ތާރަފްކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި
ޕޭމަންޓާއި ގުޅޭ މައުލޫމާތު އިތުރުން ބިޑް ތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ
ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 14:00 އަށް ލިބިގެންހުނާނެ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދެމުންގެންދާ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް މިހާރަށްވުރެ ލުއި ފަސޭހަކޮށް މައުލޫމާތު ދިނުމަށްޓަކައި 1617 ގެ ނަމުގައި ހޮޓްލައިނެއް ތަޢާރަފުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި، ބުރާސްފަތި ދުވަހު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި ޙިދުމަތް އިފްތިތާޙްކޮށްދެއްވީ އެ މިނިސްޓްރީ އަށް 22 އަހަރު ޙިދުމަތްކޮށްދެއްވާފައިވާ އަދި އެ މިނިސްޓްރީގެ ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަންގައި މަސައްކަތްކުރަމުންދާ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާސިލާ ފާތިމަތު ރަޢީފާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ޙިދުމަތް ތާޢާރަފްކުރުމާއި ގުޅިގެން، ޙިދުމަތް ހޯއްދައްވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބިގެންދިޔުމުގެ އިތުރުން ޙިދުމަތް ހޯދާ ފަރާތްތަކުން ކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ޙިޔާލު ހުށައެޅުމުގެ ފުރުޝަތު ލިބިގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު  ވިދާޅުވީ މި ޙިދުމަތަކީ އެ މިނިސްޓްރީގެ މުއައްޒިފުންނާއި ގިނަ ރައްޔިތުން އެދި އެދި ތިބި ޙިދުމަތެއް ކަމަށެވެ. އެހެންނަމަވެސް ޕޭމަންޓަކާއި ބަޖެޓް ސިސްޓަމްގެ މައުލޫމާތު ގިނަ ފަރާތަށް ސާފް ނުވާ ކަމަށާއި އެ މިނިސްޓްރީ އަށް ޕޭމަންޓެއް އަންނަނީ ކީއްވެގެންކަން ނޭގޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރަރު ވާގޮތެއް މިއީ އޮފީސްތަކަށް ގުޅާލީމަވެސް ތި ވާނީ ފިނޭންސް މިނިސްޓްރީގައޭ، ވަރަށް ފަސޭހަ ޖަވާބެއް، ހަގީގަތުގައި ފިނޭންސް މިނިސްޓްރީއަށް ޕޭމަންޓް ނައިސް ވެސް ހުރެދާނެ" މިނިސްޓަރު މުނަންވަރު ވިދާޅުވިއެވެ.

1617 އިން ލިބެންހުރި ޙިދުމަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި ގުޅުން ހުރި މައުލޫމާތާއި، ޕޭމަންޓާއި ގުޅޭ މައުލޫމާތު އިތުރުން ބިޑް ތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެވެ. އަދި މި ޙިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 14:00 އަށް ލިބިންހުންނާއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް