Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 09:23
މާލޭގެ ބެސްފިހާރައެއްގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ
މާލޭގެ ބެސްފިހާރައެއްގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އިންފުލުއެންޒާ ވެކްސިން އެތެރެކުރުމުގެ ފުރުސަތު ހުޅުވާލައިފި
އިންފުލުއެންޒާ ވެކްސިންއަކީ، "ރެސްޓްރިކްޓެޑް ފޮރ ނޭޝަނަލް ޕްރޮގްރާމްސް" ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ ވެކްސިނެއް
ވެކްސިން ޖެހުމާ ހަމައަށް ވެސް، ވެކްސިން ގެންގުޅެން ހާއްސަކޮށްފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުކަން ދޭން މިނިސްޓްރީން އެދޭ

އިންފުލުއެންޒާ ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ދޫކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

 

ރާއްޖެއަށް އިންފުލުއެންޒާ ވެކްސިން އެތެރެކުރުމުގެ ހުއްދައެއް އަމިއްލަ ފަރާތްކަކަށް ނޯވެ އެވެ. އެގޮތުން އިންފުލުއެންޒާ ވެކްސިންއަކީ، "ރެސްޓްރިކްޓެޑް ފޮރ ނޭޝަނަލް ޕްރޮގްރާމްސް" ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ ވެކްސިނެކެވެ.

 

ހެލްތު މިނިސްތްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންފުލުއެންޒާ ވެކްސިންގެ ގިންތި ބަދަލުކޮށްފައިވާކަމަށާއި، އަދި ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ. އިއުލާނުގައި ވަނީ، މި ވެކްސިން އިމްޕޯރޓް ކުރުމުގެ ކުރިން، ޤަވާއިދާއި އެއްގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނެންގެވުމަށް އެދޭކަމަށެވެ.

 

ވެކްސިން އެތެރެކުރުމާއި އުފުލާ ގެންގުޅުން އަދި ވެކްސިން ޖެހުމާ ހަމައަށް ވެސް، ވެކްސިން ގެންގުޅެން ހާއްސަކޮށްފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުކަން ދޭން މިނިސްޓްރީން އެދެ އެވެ.

 

އިންފުލުއެންޒާ ވެކްސިން ޖެހުމަށް މިހާރުވެސް ގިނަ ބަޔަކު ކުއޫ ހަދަމުންގެންދާއިރު، ސަރުކަރުން ވަނީ ވެކްސިންޖަހައިދޭ މަރުކަޒުގެ އަދަދު އިތުރުކޮށްފަ އެވެ.

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައްދައްކާގޮތުން އެޗް1އެން1 އަށް 619 މީހުން ޓެސްޓުކުރި އިރު އޭގެ ތެރެއިން 222 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެޑްމިޓްކޮށްގެން 20 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 މާރޗް 2017 | ބުރާސްފަތި 07:26
ބޭސް ފާތުމަ
ބަލި ޖެހޭއަދަދު މަދުވަނީޠޯ ބޭހުގެ ޑިމާންޑް މިހާރު ނެތޯ ދެން ހުޅޫވާ ލާ ށޯ