ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 10:02
ލަންކާގެ ސިފައިން އަތުލައިގަތް މަސްތުވާތަކެތި
ލަންކާގެ ސިފައިން އަތުލައިގަތް މަސްތުވާތަކެތި
ސްރީލަންކާ ނޭވީ
ސްރީލަންކާ
ލަންކާގައި 33 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފި
03 ބޯޓެއް ވަނީ ހިފަހައްޓާފައި
ލަންކާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކޮށްފައިވޭ
އެހެން ގައުމުތަކަށް ނިސްބަތްވާ 16 މީހަކު ހައްޔަރުކޮށްފައިވޭ

ސްރީލަންކާގައި 33 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެނެފިއެވެ.

މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން މިއީ އެގައުމުގެ ކަނޑުގެ ސިފައިން މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ އެންމެ ބޮޑު ޝިޕްމެންޓެވެ.

ލަންކާގެ ކަނޑުގެ ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިމަސްތުވާތަކެތި އަތުލައިގަތީ ލަންކާގެ މަސްބޯޓަކަށް ބާލަން މަސައްކަތްކުރަނިކޮށްށެވެ. ޖުމްލަ 03 ބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ލަންކާއަށް ނިސްބަތްވާ ބޯޓަކާއި، ބޭރުގެ އެހެން ގައުމަކަށް ނިސްބަތްވާ ދެބޯޓު ހިމެނެއެވެ.

މިއޮޕަރޭޝަންގައި 605 ކިލޯ ގްރާމްގެ ކްރިސްޓަލް މެތް އަދި 579 ކިލޯ ގްރާމްގެ ހުރޮއިން ވަނީ އަތުލައިގެނެފައެވެ. އަދި ލަންކާއަށް ނިސްބަތްވާ 5 މީހުންނާއި، އެހެން ގައުމުތަކަށް ނިސްބަތްވާ 16 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ މީހުންކަން ލަންކާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިމައްސަލަ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް