ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 22:07
ކޮވިޑް-19
ކޮވިޑް-19
ވޮޝިންގްޓަން ޓައިމްސް
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް!
ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީއިން
އެންމެ ގިނަ ކޭސް ފެނިފައިވަނީ އެމެރިކާއިން
މި ވަގުތު ވައިރަސް އެންމެ ގަދައަށް ފެތުރެމުން ދަނީ ވިލާތާއި އެމެރިކާ ސަރަހައްދުގައި

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ބުދަ ދުވަހުގެ 22:15 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 905،668 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 45،436 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 191،524 ގައެވެ.

މި ބަލި ދުނިޔޭގެ 206 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 200،289 މީހުންނަށް މި ބަލި ޖެހިފައިވާއިރު 4،394 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 8،745 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 110،574 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 13،155 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 16،847 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ތިންވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 102،136 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 9053 މީހުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 22،647 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ޗައިނާއިން މިހާތަނަށް 81،556 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 76،242 މީހުން ވަނީ ބަލި އެއްކޮށް ފަސޭހަވެ، ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،312 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

އެޑިޓަރުގެ ނޯޓް:
މި ހަބަރުގައިވާ އަދަދުތަކަކީ، ހަބަރު ޕަބްލިޝްކުރި ވަގުތާއި ހަމައަށް ލިބިފައިވާ އަދަދުތަކެވެ.
- ކޮމެންޓް