ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 09:28
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން
ބީޑީނިއުސް24
ކޮވިޑް-19
'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް ޕާކިސްތާނުގެ ޒުވާނުންނަށް ގޮވާލައްވައިފި
 
މިހާތަނަށް 1800 އަށް ވުރެ ގިނަ ކޭސް ޕާކިސްތާނުން ވަނީ ފެނިފައި
 
ޕާކިސްތާނުގެ 38 ހޮސްޕިޓަލެއް ވަނީ ކުއްލި ހާލަތަށް ގެނެސްފައި
 
މި ފޯރސް ގައި ބައިވެރިވުމަށް 'ޕާކިސްތާނު ސިޓިޒެން ޕޯޓަލް'ގައި ރެޖިސްޓަރ ވާންޖެހޭ

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރުމަށް 'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް ޕާކިސްތާނުގެ ޒުވާނުންނަށް އެގައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު އިމްރާން ޚާން ކުރެއްވި ޓުވީޓެއްގައިވަނީ ކޮރޯނާ އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމުގެ ޒުވާނުންގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އަދި ވައިރަހުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ ހަނގުރާމައިގައި ބައިވެރުމަށް 'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް ގޮވާލެއްވިއެވެ.

'ކޮރޯނާ ޓައިގަރ ފޯރސް' ގައި ބައިވެރިވުމަށް 'ޕާކިސްތާނު ސިޓިޒެން ޕޯޓަލް' ގައި ރެޖިސްޓަރ ވުމަށް ބޮޑު ވަޒީރު އިލްތިމާސްކުރައްވާފައިވެއެވެ.

ޕާކިސްތާނުން މިހާތަނަށް ކޮވިޑް-19 ގެ 1,800 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް