ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 08:48
ކޮވިޑް-19 އަދިވެސް އަންނަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން
ފްރާންސް 24
ކޮވިޑް-19
ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ދުނިޔެއިން 73 ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު
 
ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓް ކޮށްފައިވަނީ އިޓަލީން
 
އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިން
 
މިހާތަނަށް އާއިރު މުޅި ދުނިޔެއިން މިވައިރަސް 858,377 މީހުންނަށް ޖެހިފައިވޭ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފާއިތުވި 24 ގަޑިއިރު މުޅި ދުނިޔެއިން 73,718 މީހުންނަށް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިހާތަނަށް އާއިރު މުޅި ދުނިޔެއިން މިވައިރަސް 858,377 މީހުންނަށް ޖެހިފައިވެ އެވެ. ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. އެއީ 24,742 މީހުންނެވެ. މިހާރު އެމެރިކާއިން 188,530 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ މީހުންނަށް ފާއިތުވި 24 ގަޑިއިރު ވައިރަސް ޖެހިފައިވަނީ ސްޕެއިންގަ އެވެ. އެއީ 7,967 މީހުންނެވެ. މިހާތަނަށް މުޅި ޖުމްލަ ސްޕެއިނުން 95,923 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހިފައިވަނީ ފްރާންސްގަ އެވެ. އެއީ 7,578 މީހުންނެވެ. ފްރާންސްގައި މުޅި ޖުމްލަ 52,128 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ކުރިން ހަލުވިމިނުގައި ވައިރަސް ފެތުރުނު އިޓަލީގައި މިހާރުވަނީ ވައިރަސް ފެތުރުން މަޑުޖެހިލާފަ އެވެ. ފާއިތުވި 24 ގަޑިއިރު އިޓަލީގައި އަލަށް މިވައިރަސް ޖެހިފައިވަނީ 4,053 މީހުންނަށެވެ. އެއާއެކު މުޅި ޖުމްލަ އިޓަލީން މިހާތަނަށް 105,792 މީހުންނަށް މިވައިރަސް ޖެހިފައިވެ އެވެ.

އެހެންނަމަވެސް އިޓަލީގައި މިވައިރަސް ޖެހިގެން މަރުވާ މީހުން އަދިވެސް މަދެއްނުވެ އެވެ. ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ އިޓަލީންނެވެ. އެއީ 837 މީހުންނެވެ. މުޅި ޖުމްލަ އިޓަލީން މިހާތަނަށް 12,428 މީހުންވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. ދެން އެންމެ ގިނަ އަދަދަށް އިއްޔެ މީހުން މަރުވެފައިވަނީ އެމެރިކާ އާއި ސްޕެއިނުންނެވެ. މި ދެގައުމުން ކުރެ ކޮންމެ ގައުމަކުން 748 މީހުން ވަނީ މަރުވެފަ އެވެ. މިހާތަނަށް އެމެރިކާއިން މިވައިރަސް ޖެހިގެން 3,889 މީހުން މަރުވެފަ އެވެ. އަދި ސްޕެއިނުން 8,464 މީހުން ވަނީ މަރުވެފަ އެވެ.

ދެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަނީ ފްރާންސްގަ އެވެ. ފާއިތުވި 24 ގަޑިއިރު 499 މީހުން މަރުވެފައިވާއިރު ޖުމްލަ 3,523 މީހުން ފްރާންސުން ވަނީ މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން މަރުވެފަ އެވެ.

މިހާތަނަށް އާއިރު މުޅި ޖުމްލަ ދުނިޔެއިން 42,151 މީހުން މަރުވެފައިވެ އެވެ. އަދި 178,099 މީހުން ވަނީ މިހާތަަނަށް އާއިރު ރަނގަޅުކުރެވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
0%
67%
0%
0%
0%
ކޮމެންޓް