Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 02:51
ކުރީގެ ސީޕީ އަދި މިހާރުގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް
ކުރީގެ ސީޕީ އަދި މިހާރުގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް
މުހައްމަދު ފަޒީން
ޓެރަރިޒަމްގެ ދައުވާ
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
ސިޔާސީ ލީޑަރުން އެއްގަލަކަށް އެރުމަކީ ރައީސް ޔާމީނަށް ހަޖަމުކުރަން ދަތިކަމަކަށް ވެއްޖެ

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން – ރިޔާޒްގެ ޓުވީޓުގައި ލިޔުއްވާފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު އިތުރަށް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ ނިންމުންތައް ސިޔާސީ ވެގެން ނުވާނެ ކަމަށާއި، އަނިޔާވެރިވުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަކީ ވަރަށް ފާޅުގައި ރައީސް ޔާމީންއަށާއި ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ބުދަ ދުވަހު ރިޔާޒް ކުރެއްވި އެހެން ޓުވީޓެއްގައި ސިޔާސީ ލީޑަރުން އެއްގަލަކަށް އެރުމަކީ ރައީސް ޔާމީނަށް ހަޖަމުކުރަން ދަތިކަމަކަށް ވެއްޖެ ކަމަށާއި، ސިޔާސީ ލީޑަރުންގެ ގުޅިފައިވާ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް ފެއިލް ކޮށްލާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
30 މާރޗް 2017 | ބުރާސްފަތި 00:12
ލެޑް ލައިޓް
ބުނާނެ ވާހަކައެއްނެތް. ސިޓީއުރައެއް ލިބިއްޖިއްޔާ ފައިކޭޓަށް ކޮއްޕާލާތި