ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 07:53
ކޮވިޑް-19 ގެ ސަބަބުން އުމްރާގެ އަޅުކަންވެސް ވަނީ މަޑުޖައްސާލާފައި
ކޮވިޑް-19 ގެ ސަބަބުން އުމްރާގެ އަޅުކަންވެސް ވަނީ މަޑުޖައްސާލާފައި
ދަ އެޓްލާންޓިކް
ކޮވިޑް-19
ކޮވިޑް-19: ޙައްޖުގެ އިންތިޒާމުތައް އިހަށް މަޑުޖައްސާލަން އެދެފި
 
އަހަރަކު 2.5 މިލިއަނެއްހާ މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރޭ
 
މައްކާގެ އިތުރުން މަދީނާ އަށް ވަނދެވޭ މަގުތައް ވަނީ ބޮލްކް ކޮށްފައި
 
އިސްކަންދެެނީ މުސްލިމުންގެ ރައްކާތެރިކަމަށް: ސައުދީ

ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން މި ވަގުތު ހައްޖަށްދާން ރާވަމުންދާ ފަރާތްތަކުން އެކަން މަޑުޖައްސާލަން ސައުދީއަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އުމުރާގެ އަޅުކަން ވަނީ މީގެ ކުރިން މަޑުޖައްސާލާފައެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މުސްލިމުން އަޅުކަން އަދާކުރުމަށް މައްކާ އަދި މަދީނާ އަށް ޖަމާވެއެވެ. ހައްޖުގެ އަޅުކަމަށްދާ މީހުންގެ އަތުން ސައުދީއަށް ބޮޑު އާމްދަނީ އެއް ލިބެއެވެ.

ސައުދީގެ ސަރުކާރުން ހިންގާ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުހައްމަދު ޞާލިޙު ބަންތެން ވިދާޅުވީ، ހައްޖަށާއި އުމްރާގެ އަޅުކަން އަދާކުރާ މިހުންނަށް ހިދުމަތް ދިނުމަށް ސައުދީން އޮތީ ތައްޔާރަށް ކަމަށެވެ. އެކަމަކު މިހާރު ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ ސައުދީން އިސްކަމެއް ދެނީ ސައުދީ ރައްޔިތުންގެ އިތުުރުން ދުނިޔޭގެ މުސްލިމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ މިހާރު މިއޮތް ހާލަތު ހަމަޔަކަށް އެޅެންދެން ހައްޖުގެ ދަތުރުތަކަށް ދިޔުމަށް ރާވަމުން އަންނަ ފަރާތްތަތަކުން ނުރޭވުމަށް މުސްލިމް ގައުމުތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމްރާގެ އަޅުކަމަށް މީހުން އައުން މަނާކުރުމުގެ އިތުރުން ސައުދީން ވަނީ މިދިޔަ ހަފުތާއިން ފެށިގެން ވައިގެ ބަނދަރު ބަންދުކޮށް މައްކާގެ އިތުރުން މަދީނާ އަށް ވަދެވޭ މަގުތައް ބޮލްކް ކޮށްފައެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކުން ސައުދީގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކޮންމެ އަހަރަކުވެސް ވަމުން އަންނަ ކަމެކެވެ. ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އަންނައިރު، އޭގެ ސަބަބުން ސައުދީގެ އިގްތިސާދަށް އަހަރަކަށްވުރެ އަހަރެއް ލިބޭ އާމްދަނީ އަންނަނީ ބޮޑުވަމުންނެވެ.

ހައްޖުގެ އަޅުކަން މަޑުޖައްސާލައިފިނަމަ، އެކަން ވެގެންދާނީ މި ފަހުގެ ތާރީހެއްގައި ހައްޖުގެ އަޅުކަން މަޑުޖައްސާލާ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ހަލުވިކަމާއި އެކު އެބޯލާގެ ނުރައްކާ ބަލިމަޑުކަން ފެތުރުނުއިރުވެސް އެފަދަ ނިންމުންތަކެއް ސައުދީ ސަރުކާރުން ނިންމާފައެއް ނުވެއެވެ.

އަންގާރާ ދުވަހާ ހަމަޔަށް ސަައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނި 1،500 އަށް އަރާފައެވެ. ބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ. މުޅި ދުނިޔޭގެ 825،000 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 40،000 މީހުން ވަނީ މަރުވެފައެވެ.

މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަން (ހައްޖު)

ބަލިތައް ފެތުރުމަކީ އަބަދުވެސް ހައްޖުގެ ދުވަސްވަރު އަންނަ ކަންބޮޑުވުމެކެވެ.

މީގެ ކުރިން މެލޭރިޔާ ފެތުރިގެން ދިޔަ ދުވަސްވަރު 632 ހައްޖާޖިން ވަނީ މަރުވެފައެވެ. 1821 ވަނަ އަހަރު ކޮލެރާގެ ބަލިމަޑުކަމުގައި ގާތްގަނޑަކަށް 20،000 ހާސް ހައްޖާޖީން މަރުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް