ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:25
ލަންކާގައި ސިފައިން ހަރަކާތްތެރިވަނީ
ލަންކާގައި ސިފައިން ހަރަކާތްތެރިވަނީ
އަލްޖަޒީރާ
ކޮވިޑް-19
ސްރީލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 142 އަށް އަރައިފި
 
މަގުތަކަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައި
 
ކޮވިޑް-19 ގެ ސަބަބުން އެގަމުން މިހާތަނަށް ވަނީ ދެ މީހަކު މަރުވެފައި

ސްރީ ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 142 އަށް އަރައިފި އެވެ.

ލަންކާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުން ފާއިތުވި 24 ގަޑިއިރެއްހާއިރު އެގައުމުން ވަނީ އައު 20 ކޭސް އެއް ފެނިފައެވެ. ލަންކާގައި 123 މީހަކަށް މިހާރު ވެސް ކޮވިޑް-19 އަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އެގަމުން މިހާތަނަށް ވަނީ ދެ މީހަކު މަރުވެފައެވެ. އަދި މިހާތަނަށް 17 މީހަކު ވަނީ މިވައިރަސް އިން ސަލާމަތްވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ލަންކާގެ ސަރުކާރުން ވަނީ ވަރުގަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކާފިއު އިއުލާންކޮށް، މަގުތަކަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ލަންކާގެ ރައީސް ގޮތަބަޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސްރީލަންކާގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލް ކުރެވެންދެން، ސްރީލަންކާއިން ބޭރުގައި ތިބި އެގައުމުގެ މީހުން، އެމީހަކު ހުރިތަނެއްގައި މަޑުކޮށްލަން އެދޭ ކަމަށެވެ.

މީގެއިތުރުން، ގޮތަބަޔާ ވިދާޅުވީ، ލަންކާއިން ކޮވިޑް-19 ފެތުރުން ހުއްޓުމަކަށް ގެނައުމަށްޓަކައި ލަންކާގެ އެއަރޕޯޓް ވެސް އޮތީ ބަންދު ކުރެވިފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް