Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 02:48
މާކުރަތުގައި ހުޅުވި އަބުރު ފަންޑު ފޮށި
މާކުރަތުގައި ހުޅުވި އަބުރު ފަންޑު ފޮށި
ރާއްޖެއެމްވީ
އަބުރު ފަންޑު ފޮށި
ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ
އަބުރު ފަންޑު ފޮށިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ބަހައްޓަމުން

ޅ. ނައިފަރުގައި ހުޅުވި އަބުރު ފަންޑު ފޮއްޓަށް އެއް ހަފްތާގެ ތެރޭގައި ދިހަ ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެކަން އިންތިޒާމްކުރި ފަރާތުން ބުނެފި އެވެ.

ރާއްޖެޓވީން އަބުރު ފަންޑުގެ ނަމުގައި ފަންޑު ފޮއްޓެއް ބަހައްޓާފައި މިވަނީ ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި އެހީވުމަށް ހެޔޮއެދޭ ފަރާތްތަކުން އެދެމުންދާތީ އެވެ.

މި މާޗް މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު ރާއްޖެޓީވީން މި ކެމްޕެއިން ލޯންޗްކޮށް، ރާއްޖެ ޓިވީގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާއިރު، ނައިފަރުގައި "އަބުރު ފަންޑު" ފޮށި ބަހައްޓާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު އެވެ. ނައިފަރުގައި ފަންޑުފޮށި ބެހެއްޓިއިރު އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިން ޓީމުގެ ފަރާތުން އެރަށުގައި ހަރަކާތްތެރިވަމުންދާ އިސް ބޭފުޅުން ވެސް ވަނީ އަބުރު ފަންޑަށް އެހީދެއްވާފަ އެވެ.

ޅ. ނައިފަރުގެ އިތުރުން ރ. މާކުރަތު، ބ. ތުޅާދޫ، ގއ. ދެއްވަދޫ، ހއ. ދިއްދޫ އަދި ޅ. ކުރެންދޫގައި ތިބި ރާއްޖެޓީވީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ރަށްރަށުގައި ވެސް "އަބުރު ފަންޑު" ހުޅުވާފަ އެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ހުޅުވުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެނޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް