ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 20:31
އީރާން
އީރާން
މިޑްލް އީސްޓް މޮނީޓަރ
ކޮވިޑް-19
ކޮވިޑް-19: އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފި
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ 141 މީހަކު އެގައުމުން މަރުވެފައި

ކޮރޯނާވައިރަސްގެ ސަބަބުން އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ 141 މީހަކު އެގައުމުން މަރުވެފައެވެ.

އިރާންގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ކިއަނުޝް ޖަހަންޕޫރު އެގައުމުގެ ރަސްމީ މީޑިއާއަށް އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެގައުމުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 44،606 އަށް އަރާފައިވާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު 3،111 އަށް އަރާފައިވާ ކަމަށް އެނާ ވަނީ ބުނެފައެވެ.

މި ވައިސް ޖެހުނު މީހުންގެ ތެރެއިން 3703 މީހަކު ނާޒުކު ހާލަތުގައި ތިބިކަމަށްވެސް ޖަހަންޕޫރު ވަނީ ބުނެފައެވެ.

އެގައުމުގައި އާންމު އެއްވުންތައް މަނާކޮށްފައިވާކަމަށް އީރާންގެ ރައީސް ޙަސަން ރޫޙާނީ ވަނީ އިއުލާން ކުރައްވާފައެވެ.

އެޕްރީލް 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޘަޤާފީ ފެސްޓިވަލްވެސް ބޭއްވުން މަނާކޮށް ބުދަ ދުވަހުން ފެށިގެން ޕާކްތަކާށާއި އާއިލީ ޕިކްނިކްތައް ދިއުންވެސް ވަނީ މަނާކޮށްފައެވެ.

- ކޮމެންޓް