ކޮވިޑް-19ގެ ވެކްސިންއެއް އުފެއްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެއެވެ.
މިދެކުންފުންޏަކީ އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އާއި، މޮޑާނާ އިންކެވެ. ކޮވިޑް-19އަށް ވެކްސިން އުފެއްދުމަށް ދެކުންފުނިން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖޭޖޭއިން ވަނީ އެއްބިލިއަން ޑޮލަރު ފަންޑު ކުރުމަށް ނިންމާފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން އެއްބިލިއަން ޑޯޒްގެ ވެކްސިން އުފަންދަން އެއްބަސްވެފައިވެއެވެ. މީގެ އިތުރުން މޮޑާނާއިން ވަނީ ވެކްސިން އުފެއްދުމަށް ބައޯ މެޑިކަލް އެޑްވާންސް ރިސާޗް އަދި ޑިވެލޮޕްމެންޓް އޮތޯރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކޮވިޑް-19އަށް ޚާއްސަ ވެކްސިންއެއް އުފެއްދުމަށް އެމެރިކާއިން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، އެޤައުމުގައި އެއްލައްކައަށްވުރެ ގިނަ މީހުން ވަނީ މިވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 3000އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި މި ވެކްސިންގައި ހިމެނެނީ ކޮވިޑް-19 ގެ ޖެނެޓިކް ކޯޑެކެވެ. މި ވައިރަހަށް ވެކްސިންއެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ މާހިރުން ބުނާގޮތުގައި މީގެ ސަބަބުން ކޮވިޑް-19 އަށް ފަރުވާލިބިގެންދާނެ ކަމެއް އެނގޭނީ އަދި މަސްތަކެއް ފަހުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވައިރަހަށް ވެކްސިން އެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އިންސާނުން ޓެސްޓުކުރުމުގެ ކަންތައްތައް ފަންޑުކުރަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުންނެވެ.