ކ. މާލެ
|
30 މާރޗް 2020 | ހޯމަ 18:20
ބުރްކީނާ ފާސޯގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ވިންސެންޓް ޑާބިލްގޫ
ބުރްކީނާ ފާސޯގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ވިންސެންޓް ޑާބިލްގޫ
ކޮވިޑް-19
ބުރްކީނާ ފާސޯގެ ހަވަނަ މިނިސްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
މިނިސްޓަރު ވައިރަސްއަށް ޓެސްޓުކުރެއްވީ އަލާމަތްތަކެއް ފެނުމާއި ގުޅިގެން

ބުރްކީނާ ފާސޯގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ވިންސެންޓް ޑާބިލްގޫ ކޮވިޑް-19 އަށް ޕޮޒިޓިވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ މިިނިސްޓްރީން ޢާންމުކުރި ބަޔާނެއްގައެވެ. އެބަޔާނުގައިވަނީ، ކޮވިޑް-19 ގެ އަލާމާތަތްތައް ފެނިގެން ވައިރަސްއަށް ޓެސްޓުކުރެއްވިއިރު، ޕޮޒިޓިވްވެފައިވާކަމަށެވެ. މިއީ އެޤައުމުގެ ކެބިނެޓުން ވައިރަސްއަށް ޕޮޒިޓިވްވި ހަވަނަ ވަޒީރެވެ.

މީގެކުރިން އެޤައުމުގެ ކެބިނެޓްގެ، އެޑިއުކޭޝަން މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، ޓްރޭޑް މިނިސްޓަރާއި، މައިނިންގ މިނިސްޓަރާއި، ޓެރިޓޯރިއަލް އެޑްމިނިސްޓްރޭޝަން މިނިސްޓަރު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެޤައުމުގައި ޙަރަކާތްތެރިވާ ބައެއް ޑިޕްލޮމޭޓުންވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެތެރޭގައި އެމެރިކާއިން އެޤައުމަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިމެނިވަޑައިގަންނަވައެވެ.

ބުރްކީނާ ފާސޯއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ މާރޗމަހުގެ 9 ވަނަ ދުވަހުއެވެ. މިއަދާއި ހިސާބަށް އާއިރު އެޤައުމުން 222 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 12 މީހުން ވަނީ މަރުވެފައެވެ. އަދި މިހާރުވެސް 187 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ފަރުވާދީގެން 23 މީހަކު ވަނީ ރަނގަޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް