Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 23:40
އިލްހާމާއި ނިހާން: ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމާފައި
އިލްހާމާއި ނިހާން: ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމާފައި
ޕީޕަލް މެގަޒިން
ނިހާނާއި އިލްހާމް ވަކިކުރުން
ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކުރަން މައުމޫން ފެކްޝަނުން ނިންމައިފި
ދެމީހުންވެސް ސުލޫކީ ކޮމެޓީއަށް ހާޒިރު ވެފައެއް ނުވޭ
ނިހާން ވަކިކުރި އެއް ސަބަބަކީ ފ އަތޮޅާ ގުޅޭ އޯޑިއޯ މައްސަލަ
އިލްހާމް ވަކިކުރީ މެންބަރުންނަށް އިންޒާރު ދީފައިވާތީ

ޕީޕީއެމްގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޕީޕީއެމްއިން ވަކިކުރުމަށް ރައީސް މައުމޫން ފެކްޝަނުން ނިންމަައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ އޮފިޝަލަކު ވިދާޅުވީ ރައީސް މައުމޫން ފެކްޝަންގެ ސުލޫކީ ކޮމެޓިއަށް ނިހާން އާއި އިލްހާމް ހާޒިރުވާން އަންގާފައިވަނީ ބުދަދުވަހު މެންދުރު 13:30 އަށް ކަމަށާއި ނަމަވެސް އެދެބޭފުޅުންވެސް ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.

ރާއްޖެއެމްވީއަށް ނިހާން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނެރެފައިވާ މައްސަލައިގެ ހުލާސާގައި ބުނެފައިވަނީ، ނިހާނު ވަކިކުރީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައިއިރު ޕީޕީއެމްގެ ކައުންސިލާ އަދި ޕާޓީގެ ރައީސާ މަޝްވަރާ ކޮށްފައި ނުވާތީ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އޮޅުވާލާ ސިއްރުކޮށްގެން ރާއްޖޭގެ ސަރަހައްދުން ބައެއް ރާއްޖޭން ބޭރުބަޔަކަށް ވިއްކާލަން މަސައްކަތް ކުރިކަމަށް އަމިއްލައަށް އިއުތިރާފުވީކަމަށް ދޭހަވާ އޯޑިއޯއެއް ލީކުވެފައިވާތީކަމަށް  ވެސް އޮފިޝަލް ވިދާޅުވިއެވެ.

އިލްހާމް ވަކިކުރަން ނިންމި ސަބަބެއްގެ ގޮތުގައި އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވި ޖަލްސައެއްގައި އިލްހާމް ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ ރައީސް އެމަގާމުން ވަކިކުރުމަށް ވަކިގޮތަކަށް ވޯޓުލައިފިނަމަ ހޫނެފެން އެޅޭނެކަމަށް ވިދާޅުވެ މަޖިލީސް މެމްބަރުންނަށް އިންޒާރު ދެއްވާފައިވާތީ ކަމަށެވެ.

މިމައްސަލަތަކާ ގުޅިގެން އަހްމަދު ނިހާން ހުސައިން މަނިކާއި އިލްހާމް އަހްމަދު ޕީޕީއެމް ވަކިކުރިކަން އަންގައި ރައީސް މައުމޫން ފެކްޝަންގެ ސުލޫކީ ކޮމެޓީގެ ނައިބު މުގައްރިރު ހާރިސް ނަޖީބު ސޮއިކުރައްވާ އެ ދެބޭފުޅުންނަށްވެސް މިހާރު އެކަން އަންގާވައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް