ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 22:53
އިންޑިއާގައި ކޮވިޑް-19 ޖެހިގެން 25 މީހަކު ވަނީ މަރުވެފައި
އިންޑިއާގައި ކޮވިޑް-19 ޖެހިގެން 25 މީހަކު ވަނީ މަރުވެފައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އަށް
އިންޑިއާ ވަނީ ލޮކްޑައުންކޮށްފި
25 މީހަކު ވަނީ މަރުވެފައި

މުޅި ދުނިޔޭގެ އިތުރުން އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1000 އަށް އަރައިފިއެވެ.

އާދިއްތަ ދުވަހު އިންޑިއާގެ މިނިސްޓްރީ އޮފް ފެމެލީ އެންޑް ވެލްފެއަރ އިން ބުނީ، މާޗް މަހުގެ 29 އާ ހަމަޔަށް އިންޑިއާއިން 1000 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެތެރޭގައި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންވެސް ހިމެނެއެވެ. ބަލީގައި 25 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާ ސަރުކާރުން ބުނީ، އެ ގައުމުގެ ވައިގެ ބަނދަރު ބަންދު ކުރުމުގެ ކުރިން 15،24،266 މީހަކު އެއާޕޯޓުން ސްކްރީން ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިޔުމަށްޓަކައި އިންޑިއާގައި ވަނީ 21 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް