ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 20:42
ވައިރަސްއަށް ސްކްރީން ކުރަނީ
ވައިރަސްއަށް ސްކްރީން ކުރަނީ
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19: ވައިރަސް ޖެހިގެން ސޫރިޔާގައި ފުރަތަމަ މަރު
 
ސޫރިޔާގައި މިހާތަނަށް ވައިރަސް ޖެހިފައިވަނީ 5 މީހުންނަށް
 
ވައިރަސްގައި މަރުވީ އުމުރުމް ދުވަސްވީ އަންހެނެއް

ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19) ގައި ސޫރިޔާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން ރިޕޯޓުކޮށްފިއެވެ.

ސޫރިޔާގެ ދައުލަތުގެ މީީޑިއާއިން ޚަބަރު ފަތުރާގޮތުގައި މިއަދު އެޤައުމުން ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ، އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ އެމަރޖެންސީ ޙާލަތުގައި ޑޮކްޓަރަށް ދެއްކީވެސް މިއަދު ކަމަށް ސޫރިޔާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ސޫރިޔާއިން ކޮވިޑް-19 ފެނުމާއެކު ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހު ވަނި މުޅި ޤައުމުގައި ކާރފިއު އިއުލާންކޮށްފައެވެ. މިހާތަނަށް އައިއިރު ސޫރިޔާއިން ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެންމެ ފަސް މީހުންނެވެ. ދާޚިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގައި މި ވައިރަސް ކޮންޓްރޯލް ނުކުރެއްވިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު އެޤައުމުގެ ބޮޑު އާބާދީއަކަށް ކުރާނެއެވެ. ސަބަބަކީ އެޤައުމުގެ ބޮޑުބައެއްގައި ގިނަ ބަޔަކު އަސާސީ ޚިދުމަތްތަކުން މަހްރޫމުވެ އަމިއްލަ ވަޒަނުގައި ރެފިއުޖީންނަށް ވެފައިވާތިއެވެ.

0%
0%
100%
0%
0%
0%
ކޮމެންޓް