ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 20:44
ލަޔަން އެއަރ ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި
ލަޔަން އެއަރ ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި
ޓްވިޓަރ
ލަޔަން އެއަރ
މެނީލާ އެއަރޕޯޓަށް ފްލައިޓެއް ވެއްޓި 8 މަރު
ފްލައިޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައި
ރަންވޭ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި

ފިލިޕީންސްގެ ވެރިރަށް މެނީލާއިން ފުރި ލަޔަން އެއަރގެ ފްލައިޓެއްގައި އަލިފާން ރޯވެ އެ ފްލައިޓް ވެއްޓި މީހަކު މަރުވެއްޖެއެވެ.

ފިލިޕީންސްގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުން، ފްލައިޓުން ދަތުރުކުރި 8 ފަސިންޖަރުންގެ އިތުރުން ހުރިހާ ފަޅުވެެރިން ވަނީ މަރުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ފްލައިޓުގައި އަލިފާން ރޯވީ މެނީލާގެ މައި އެއަރޕޯޓުގެ ރަންވޭއިން ނައްޓާލީތަނާއެކުގަ އެވެ. ލަޔަން އެއަރގެ އެ ފްލައިޓަކީ ޖަޕާނުގެ ހަނެޑާ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ފްލައިޓެެކެވެ.

ފިލިޕީންސްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ވެއްޓުނު ފްލައިޓަކީ ބަލި މީހުން އުފުލި ފްލައިޓެެކެވެ. އެ ހާދިސާގައި ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެން ވެ ރަންވޭ ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް