ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 15:05
ސައުދީ އަރަބިއްޔާގެ ސިޓީއެއް
ސައުދީ އަރަބިއްޔާގެ ސިޓީއެއް
ސައުދީގެޒެޓް
ކޮވިޑް-19
ސައުދީ އަރަބިއްޔާ އިން ވަކި މުއްދަތެއް ނެތް ގޮތައް ވައިގެ ދަތުރުތައް ހުއްޓާލައިފި
 
ކޮވިޑް-19 ޖެހިގެން މިހާތަނަށް ސައުދީގައި 4 މީހުން ވަނީ މަރުވެފައި

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާ އިން ވަކި މުއްދަތެއް ނެތް ގޮތައް ވައިގެ ދަތުރުތައް ހުއްޓާލަން ސަރުކާރުން ނިންމައިފި ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ޕްރެސް އޭޖެންސީން ބުނެފައިވަނީ، ވައިގެ ދަތުރުތައް ހުއްޓާލުމަށް ސަރުކާރުން ނިންމި އިރު އޭގެ ތެރޭގައި ބައިނަލް އަގްވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުހުންތައް ވެސް ހިމެނޭ ކަމަށެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސައުދީ ސަރުކާރުން އެޅި އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި، ސަރުކާރާ އަމިއްލަ އޮފީސްތައް ބަންދު ކޮށްފައި ބެހެއްޓުމަށް ނިންމި މުއްދަތު އިތުރު ކުރުންވެސް ހިމެނެއެވެ.

ސައުދީ ސަރުކާރުން ވަނީ ވައިގެ ދަތުރުތަކުގެ އިތުރުން، ބަސް ދަތުރު ތަކާއި، ޓްރެއިން އާއި ޓެކްސީ ދަތުރުތައްވެސް ވަކި މުއްދަތެއް ނެތް ގޮތައް ހުއްޓާލުމަށް ނިންމާފައެވެ.

ސައުދީ އަރައްބިއްޔާގައި ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
100%
0%
0%
0%
0%
0%
ކޮމެންޓް