Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 21:23
އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީގެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީގެ ބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
އެޗްވަންއެންވަން
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
ކޮމިޓީ ކެންސަލް ކުރީ ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީއަށް އެ ބައްދަލުވުމަށް ހާޒިރުވެވެން ނެތުމުން

އެޗްވަންއެންވަން ޓާސްކްފޯހުގެ ބޭފުޅުންނ ހާޒިރުވެވެން ނެތުމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ކެންސަލް ކޮށްފިއެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާއިއެކު ފެތުރެމުންދާ އެޗްވަންއެންވަންގެ ރޯގާއާ ގުޅޭގޮތުން ސުވާލުކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ބައްދަލުވުން ކެންސަލުކޮށްފައިވަނީ، ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ކޮމިޓީއަށް އެ ބައްދަލުވުމަށް ހާޒިރުވެވެން ނެތުމުންކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެެވެ. އަދި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަށް ބައްދަލުވުން ކެންސަލްވިކަން ވަނީ އަންގާފައެވެ.

އެޗް1އެން1 އާއި ގުޅޭގޮތުން ސުވާލުކުރުމަށް ހެލްތު މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހާޒިރުވާން އަންގާފައި އޮތީ ބުދަދުވަހުގެ ރޭ 8.30 އަށެވެ. މިނިސްޓްރީގެ ޓެކްނިކަލް ޓީމަށް ހާޒިރު ނުވެވުނު ސަބަބެއް ބަޔާންކޮށްފައި ނުވާއިރު، ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 އާއި ގުޅިގެން ސްކޫތައް ވަނީ ބަންދުކޮށްފައެވެ. އަދި އެބަލި ކޮންޓްރޯލްވެފައިވާކަމަކަށް ހެލްތް މިނިސްޓްރީން ހާމަކޮށްފައެއްވެސް ނުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިހާތަނަށް 546 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޓެސްޓް ކުރައްވާފައިވާ އިރު 199 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އަލަށް 23 މީހުން ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން މި ބަލީގައި 35 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިދިއަ ހޮނިހިރު ދުވަހު ހާމަކޮށްފައިވާ  ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ 23 މީހުންނެވެ. އެހެން ކަމުން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޯމަ ދުވަހު ވަނީ މާލެއިން އެކަނި 470 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް