Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 21:21
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު
މުހައްމަދު ޝަރުހާން
ޕީޕީއެމް ސުލޫކީ ކޮމެޓީ
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
ވަކިކޮށްފައިވަނީ ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަކާއިނުލައި
އިންސާފަކީ އެކިމީހުނަށް އެކިގޮތަށް ލިބިދޭންޖެހޭ އެއްޗެއްނޫން
ނިންމުން ބާތިލްކުރުމަށް، ގަނޫނޫ ތަންދިން އެންމެ ދުރަކަށް ހިނގާނަން

ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް ގާނޫނު ތަން ދިން އެންމެ ދުރަކަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މުޙައްމަދު އަމީތު އަޙުމަދު މަނިކު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އަމީތު ނެރުއްވި ބަޔާނުގައި ވަނީ ޕީޕީއެމްގެ މެމްބަރުކަމުން އޭނާ ވަކިކޮށްފައި ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކާ ނުލައި ކަމަށެވެ. އަދި  އަތީމް ޕާޓީން ވަކިކޮށްފައި ވަނީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަކީ ސަސްޕްންޑްކޮށްފައިވާ ކޮމެޓީއެއްކަމަށް އޭނާގެ ވަކީލު ލަފާދީފައިވާތީ، އެކޮމެޓީއަށް ޙާޟިރުވެ، އެކޮމެޓީ ސަސްޕެންޑްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނިފައިވަކަން ކަށަވަރުކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށް ބަޔާނުގައި ބުނެފައެވެ.

އެގޮތަށް އެނާ ހުށައެޅީ އެ މައްސަލަ ތަހުގީގުކުރުމުގެ މަރުހަލާގެ ސައްހަކަން ކަށަވަރުކުރުމަށާއި ކޮމެޓީގެ ގާނޫނީ ހައިސިއްޔަތު ކަށަވަރުކުރުމަށް އަތީމް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކަށަވަރުކޮށްދިނުމަކާއިނުލާ ކޮމެޓީ މެދުކަޑާލި ކަމަށާއި އެއަށްފަހު އޭނާ ޕާޓީއިން ވަކިކޮށްފިކަމުގެ ޚަބަރު ލިބުނީ މީޑިއާއިން ކަމަށް އަތީމް ވިދާޅުވިއެވެ.

"މިބަޔާން ނެރުމާއި ހަމައަށްވެސް އަޅުގަނޑާއިމެދު އަމަލުކުރަން ނިންމިގޮތެއް، ނިންމުން ނިންމިފަރާތުން އަޅުގަނޑަކަށް ނާންގަ" އަތީމް ނެރުނު ބަޔާނުގައި ބުނެފައެވެ.

ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ކުރުމުއްދަތުގައި އެނާ މަސައްކަތްކޮށްފައިވާނީ، ޕާޓީގެ ނިންމުން ތަކާއި އެއްގޮތަށް ކަމަށް އަތީމް ބުނާ ބުނުން އެނާ ވަނީ ބަޔާނުގައި ތަކުރާރުކޮށްފައެވެ. އަދި އަމިއްލަ ޟަމީރު ގަބޫލުނުކުރާ ކިތައްމެ މައްސަލައަލައަކަށް، ކިތަންމެފަހަރަކު، ޕާޓީގެ ނިންމުމަށްތަބާވުމުގެ ގޮތުން އަމަލުކޮށްފައިވާނެ ކަމަށް ބުނެފައެވެ.

"އަޅުގަނޑު ޕާޓީގެ ވިޕްލައިނަށް ތަބާވެ، ޕާލަމެންޓަރީ ގްރޫޕްގެ ނިންމުމާއި އެއްގޮތަށް ވޯޓްދިން ކިތަންމެ ފަހަރަކު ޕާލަމެންޓްރީ ގްރޫޕްގެ އެހެން މެމްބަރުން ތަފާތު ގޮތަށް ވޯޓްދީވައިވާކަން ރެކޯޑްތަކުން ފެންނަން ހުންނާނެ، ޕާޓީގެ ވިޕްލައިނާ ޚިލާފަށް އެކިމައްސަލަތަކުގައި އެކިމެމްބަރުން ވޯޓިދިނުން ފަހަކަށްއައިސް ވަނީ އާއްމުކަމަށްވެފަ،. ވިޕްލައިނާ ޚިލާފަށް ވޯޓްދޭ ކޮންމެ މެމްބަރަކަށް ކޮންމެފަހަރަކު ފިޔަވަޅެއް ނާޅަ،. އިންސާފަކީ އެކިމީހުނަށް އެކިގޮތަށް ލިބިދޭންޖެހޭ އެއްޗެއްނޫނެވެ. ވިޕްލައިނާއި ޚިލާފަށް އަމަލުކޮށްފައިވާ މެމްބަރުން މިއަދުވެސް ޕާޓީގެ މެމްބަރުންގެ ގޮތުގައި އެބަތި" އަތީމްގެ ބަޔާނުގައި ބުނެފައެވެ.

ޕާޓީގެ މެމްބަރު ކަމުން ވަކިކުރި މައިގަނޑު މައްސަލައެއްކަމަށް ބުނެފައިވަނީ ޕާލިމަންޓަރީ ގްރޫޕްގެ ވިޕްލައިނާއި ޚިލާފަށް ވޯޓްދިނުމާއި، ޕާޓީގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް އަތީމް ވާހަކަދެއްކުން ކަމަށް އެނާ ވިދާޅުވިއެވެ.

އަތީމް ވިދާޅުވީ ޕާޓީގެ ވިސްނުމާއި ފިކުރު އުފަންވެގެން އަންނަނީ ޕާޓީގެ އާއްމު މެމްބަރުންނާއި ހަމައިން ކަމަށާއި މިފިކުރު ބަރުތީލަކޮށް ތަރުތީބުކުރަނީ ޕާޓިގެ ކޮންގްރެސްއިން ކަމަށެވެ. ޕާޓީގެ ވިސްނުން ތަމްޞީލްކޮށްދޭ އެންމެމަތީ ރަމްޒަކީ ޕާޓީގެ އެންމެމަތީ މަސްއޫލިއްޔަތު ޙަވާލުކުރުމަށް ޕާޓީގެ ކޮންގްރެސްއިން އިންތިޚާބްކޮށްފައިވާ ފަރާތް ކަމަށް އެނާ ވިދާޅުވެފައެވެ.

"ޕާޓީގެ ވިޕްލައިނާ ޚިލާފަށް އަޅުގަނޑު ވޯޓްލީކޮންމެފަހަރަކުވެސް ޕާޓިގެ ވިސްނުންކަމަށް ބެލީ، ޕާޓީގެ އިންތިޚާބީ އެންމެ އިސްމަގާމް އަދާކުރާ ފަރާތުން ކުރިއަށް ނެރުނު ވިސްނުމަށް، މިގޮތަށް އަމަލުކުރަންޖެހުނު ސަބަބަކީ ފަހަކަށް އައިސް ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުން އުފެދި އެކި ދިމާލުން އެކިވިސްނުމަށް އަމަލުކުރުމަށް ބާރުއަޅަން ފެށި، ޕާޓީގެ އަސާސީ ގަވާއިދުން މަގުކޮށާލަދީފައިވާ ރާސްތާއިން ކުރިއަށްދިއުމުގެ ބޭނުމުގައި" ބަޔާނުގައި ބުނެފައެވެ.

އަތީމް ވިދާޅުވީ ޕާލަމެންޓްރީގްރޫޕްގެ ވިޕްލައިން އަންނަނީ އެނާކޮށްފައިވާ  ގާނޫނި ހުވައިގެ ފަހަތަށް ކަމަށައި އަދި ގައުމީ މަސްލަހަތާއި ދިވެހިރައްޔިތުންގެ މަސްލަހަތާއި ޕާޓީގެ މަސްހަތުގެ ފަހަތަށް ކަމަށެވެ. އެ ތަރުތީބަށް އަމަލުކުރަން މަޖުބޫރުވީ ޕާލަމެންޓްރީގްރޫޕްގެ ނިންމުންތަށް ނިންމުމުގައި ފަހަކަށްއައިސް އަމަލުކުރަމުން ދިޔަ ގޮތުގެ ސަބަބުން ކަމަށާއި ޕާލަމެންޓަރީގްރޫޕްގެ ނިންމުންތަށް ބައްޓަންވެގެން އަންނަންވާނީ ޕާޓީގެ ވިސްނުމާއި ފިކުރާއި އެއްގޮތަކަށް ކަމަށް އަތީމް ވިދާޅުވިއެވެ. ޕާޓީގެ ލީޑަރޝިޕާއި ކައުންސިލާއި އެހެނިހެން ގުނަވަންތަކުގެ ބުއްދިކުރުމާއިއެކުގައި މިނޫންގޮތަކަށް ނިންމޭ ނިންމުންތަކާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެނާ ވިދާޅުވެފައެވެ.

ގައުމުގެ ކަންކަންގޮސްފައިވާ ހިސާބާއި، ރައްޔިތުންގެ މަޖިލީހުގެ އެތެރެއާއިބޭރުން ކަންހިގާގޮތާއިމެދު އެތައްބަޔަކު ސުވާލުއުފައްދާ ކަމަށާއި މިފަދަޙާލަތެއްގައި ގައުމުގެ ކަންކަމާއިމެދު ބުއްދިކުރުމަކީ ރައްޔިތުންގެމަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންނާއި ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް ކުރަންލާޒިމްކަމެއްކަމުގައި ދެކޭ ކަމަށް އަތީމްގެ ބަޔާނުގައި ވިދާޅުވަފައެވެ.

"އަހަންޖެހޭ އަޑަކީ އެމެއަޑެއްނޫން، ގައުމުގައިތިބި ހަރުމީހުނާއި، ސިޔާސީމީހުނާއި، އެކިފިކުރުމުގެ މީހުންގެ އަޑުވެސް އަހަންޖެހޭ، ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެން އަމަލުކުރާގޮތާއި ވޯޓްދޭގޮތާއިމެދު ސުވާލުއުފައްދާމީހުންގެ އަޑުވެސް އަހަންޖެހޭ، މިފަދަ އެންމެހައި އަޑުތައް އެހުމަށްފަހު ހެޔޮނުބައި ވަކިކުރުންވެފައިވަނީ އަމިއްލަ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް، މަގުދެއްކުމުގެ މަސްއޫލިއްޔަތާއި ވާޖިބް ކޮޑުގައި އެޅިފައިވާ ފަރާތްތަކުން ހެޔޮނުބައި ވަކިވާން ބޭނުންވޭތޯ ސުވާލު އުފެދޭތީ." އަތީމް ވިދާޅުވިއެވެ.

އަތީމް ވިދާޅުވީ އެނާ އަބަދުވެސް އިސްކުރަނީ ގައުމު ކަމަށާއި އަ މޮޓޯއަކީ "ފުރަތަމަ ގައުމު"ކަމަށެވެ. އެއީ ޕާޓީއާއި ޕާޓީގެ އާއްމު މެމްބަރުންގެ މޮޓޯއަކީވެސް މިއީކަމަށްވާތީކަމަށް އެނާ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕާޓީއިން އޭނާ ވަކިކުރުމަށް ނިންމި ނިންމުން ބާތިލްކުރުމަށް، ގަނޫނޫތަންދިން އެންމެދުރަކަށް އަޅުގަނޑު ހިގާނެ ކަމަށް ވެސް އަތީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް