Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 20:48
ރައުދާ އާތިފް، 20 އަހަރު
ރައުދާ އާތިފް، 20 އަހަރު
ޝިފާޒް(ސޮއްޓި)
މޮޑެލް ރައުދާ
ވިލުނޫ ކުލައިގެ ލޮލުން މަޝްހޫރުވި ދިވެހި މޮޑެލް ރައުދާ ބަންގްލަދޭޝްގައި މަރުވެއްޖެ
ދަންޖެހިފައި ހުއްޓާ ފެނުނީ ހޮސްޓެލްގެ ކޮޓަރިން
ބަންގަލަދޭޝްގައި ގެންދިޔައީ ޑޮކްޓަރުކަން ކިޔަވަމުން
ހަށިގަނޑު ފެނުނީ ދޮރު ހަލާކުކޮށްލާފައި ވަނުމުން

ވިލުނޫ ކުލައިގެ ލޮލުން އާންމުންގެ ތެރެއިން މަޝްހޫރުކަން ހޯދި ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލަދޭޝްގައި މަރުވެއްޖެ އެވެ.

 

ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ ބުދަ ދުވަހުގެ މެންދުރެއްހާއިރު ހޮސްޓެލްގައި އޭނާ ދިރިއުޅޭ ކޮޓަރިންނެވެ. ރައުދާ މަރުވި އިރު އޭނާގެ އުމުރުން 20 އަހަރެވެ.

 

ރައުދާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުންނެވެ.

 

ބަންގްލަދޭޝްގެ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ރައުދާގެ ހަށިގަނޑު ފެނުނީ ޚަބަރެއް ނުވެގެން އޭނާއާ އެކު އެއްކޮޓަރިއެއްގައި އުޅޭ ކުއްޖަކު ކޮޓަރީގެ ދޮރު ހަލާކުކޮށްކޮށްލައިގެން ވަނުމުންނެވެ.

 

ރައުދާއަކީ އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ "ވޯގް އިންޑިއާ" ގައި ހިމެނުނު ފުރަތަމަ ދިވެހި މޮޑެލް އެވެ. އޭނާގެ ފޮޓޯ އެ މަޖައްލާގައި ޖަހާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. 

 

ދިވެހިންނާއި ރާއްޖެއިން ބޭރުގައި ރައުދާ މަޝްހޫރުވެފައި ވަނީ މީގެ އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވި، ވިލު ނޫކުލައިގެ ލޮލެއް ހުރި ދިވެހި ޒުވާނާގެ ގޮތުގަ އެވެ. އެ ފޮޓޯ ނެގީ މަޝްހޫރު ފޮޓޯގްރާފަރު ޝިފާޒް(ސޮއްޓި) އެވެ. އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް