ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 09:26
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓްރީ
އެލައިޑް ހެލްތް ކައުންސިލް
ކޮވިޑް-19: އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ރަޖިސްޓްރޭޝަން އާ ކުރުން މަޑުޖައްސާލައިފި
ރަޖިސްޓްރޭޝަން އައުކުރުން މަޑުޖައްސާލާފައިވަނި 21 މާރޗް އިން ފެށިގެން 18 މޭ އާ ހަމަޔަށް

ކޮވިޑް 19 އާއި ގުޅިގެން އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ރަޖިސްޓްރޭޝަން އައު ކުރުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

އެލައިޑް ހެލްތު ކައުންސިލުން ބުނީ ކައުންސިލުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން އައު ކުރުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން 21 މާރޗް އިން ފެށިގެން 18 މޭ އާ ހަމަޔަށް މަޑުޖައްސާލެވިފައިވާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ފަރާތްތައް ރަޖިސްޓްރޭޝަން އައު ނުކޮށް އެލައިޑް ހެލްތު ޕްރޮފެޝަންލުންގެ ގޮތުގައި މަސައްކަތް ކުރެވޭނެކަމަށް ވެސް ބުނެފައިވެއެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލް އުފެއްދީ 2015 ވަނަ އަހަރުއެވެ. ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައި ވާ ގޮތަށް މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލެކެވެ.

މި ކައުންސިލުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި ބިހޭވިއަރަލް ސައިންސްގެ ޕްރޮފެޝަނަލުންނާއި، ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުންނާއި ކޮމިއުނިޓީ ހެލްތު ޕްރޮފެޝަނަލުންނާއި ކްލިނިކަލް އެންޑް ހެލްތު ޓެކްނޮލޮޖީގެ ޕްރޮފެޝަނަލުންނާއި މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެޝަނަލުންނާއި ޓްރެޑިޝަނަލް، އޯލްޓަރނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގްގެ ޕްރޮފެޝަނަލުން އަދި ފާމަސީ ޕްރޮފެޝަނަލުން ހިމެނެއެވެ.

- ކޮމެންޓް