ކ. މާލެ
|
25 މާރޗް 2020 | ބުދަ 11:59
މެލޭޝިޔާ
މެލޭޝިޔާ
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: މެލޭޝިޔާއިން ލޮކްޑައުންގެ މުއްދަތު އޭޕްރީލް 14 އާ ހަމަޔަށް އިތުރުކޮށްފި
 
މިހާތަނަށް އާއިރު މެލޭޝިޔާގެ 1,796 މީހަކަށް ވައިރަސް ޖެހިފައިވޭ
 
ބޮޑުވަޒީރު މުހިއްޔުއްދީން އިތުރަށް ވިދާޅުވީ ބުދަ ދުވަހު އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މެލޭޝިޔާ ލޮކްޑައުންކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މެލޭޝިޔާ ވަނީ ލޮކްޑައުންކޮށްފައެވެ. މިލޮކްޑައުންކޮށްފައި އޮތްމުއްދަތު ހަމަވާން ކުރިން އޮތީ މަރޗްމަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ބުދަ ދުވަހު އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ވިދާޅުވީ ލޮކްޑައުންކޮށްފައިވާ މުއްދަތު އަންނަ އޭޕްރީލްމަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ބޮޑުވަޒީރު މުހިއްޔުއްދީން އިތުރަށް ވިދާޅުވީ ބުދަ ދުވަހު އެގައުމުން 172 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. މީގެއިތުރުން ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ވައިރަސްއަށް ޓެސްޓް ކުރުމުގެ ކަންކަން އަވަސް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކަބޯތަކެތި ބޭނުންވާ ވަރަށް މެލޭޝިއާގައި އެބަހުރި ކަމަށާއި، ބޭނުން ނެތް ގޮތުގައި އެތަކެތި ނުގަތުމަށް ބޮޑުވަޒީރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުންވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އާންމުން ގެއިން ބޭރަށް ނިކުތުމަށް އަންގާފައިވަނީ ހަމައެކަނި ގެއަށް ބޭނުންވާ ކާބޯތަކެތި ގަނުމަށާއި، ސިއްހީ ޚިދުމަތް ހޯދުމަށެވެ. މެލޭޝިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމަށް ފްލައިޓްތައް ޖެއްސުންވެސް ވަނީ މަނާކޮށްފައެވެ.

މިހާތަނަށް އާއިރު މެލޭޝިޔާގެ 1,796 މީހަކަށް ވައިރަސް ޖެހިފައިވާއިރު 16 މީހަކު ވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް