ކ. މާލެ
|
23 މާރޗް 2020 | ހޯމަ 23:50
ދުބާއީ
ގޫގުލް
ކޮވިޑް-19
ކޮވިޑް-19 އާ ގުޅިގެން ދުބާއީ އެއަރޕޯޓް ބަންދުކުރަނީ
 
ޔޫއޭއީ އިން ވަނީ ކޮވިޑް-19 އަށް 198 މީހަކު ޕޮޒިޓިވް ވެފައި

ކޮވިޑް-19 އާ ގުޅިގެން ދުބާއީ އެއަރޕޯޓްތައް ބަންދުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ދުބާއީގެ އެއަރޕޯޓުތައް ބަނދުކުރަން ނިންމާފައިވަނީ މިހިނގާ މަރޗް މަހުގެ 26 އިން ފެށިގެންނެވެ.

ހޯމަ ދުވަހު ދުބާއީ އެއަރޕޯޓުން ނެރެފައިވާ ބަޔާނެއްގައި ވަނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ދުބާއީ ވޯލްޑް ސެންޓްރަލް އިން އާންމުންނަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އެންގުމެއް އަންގަންދެން މި ނިންމުން ދެމިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ވަނީ ކޮވިޑް-19 އަށް 198 މީހަކު ޕޮޒިޓިވް ވެފައެވެ.

އައު ކޭސްގެ ގޮތުގައި 45 ކޭސް އެއް ރިޕޯޓުކޮށްފައިވާއިރު މި ވައިރަސްގެ ސަބަބުން 2 މީހަކު ވަނީ މަރުވެފައެވެ. 41 މީހަކު ވަނީ މި ބަލިން ސަލާމަތްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް